Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 6:37 - ކިތާބުލް މުޤައްދަސާ

37 އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން، އެމީހުންނަށް ކާނޭ ކޮންމެވެސް އެއްޗެއް ދީ!⁠“ އެބޭކަލުން ދެންނެވިއެވެ. ”⁠ކަލޭގެފާނު ތިޔަ އެދިލައްވަނީ އެބައިމީހުންގެ ކެއުމަށް ރޮއްޓާއި އެހެނިހެން ތަކެތި ގަތުމަށް އަޅުގަނޑުމެން ގޮސް ދުއިސައްތަ ރިހި ލާރި ޚަރަދު ކުރެއްވުމަށްތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 6:37
13 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އެމީހުން ދިއުމުގެ ބޭނުމެއް ނެތް. ތިޔަބައިމީހުން އެމީހުންނަށް ކޮންމެސް ކާ އެއްޗެއް ދީ!⁠“


އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’⁠ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!⁠‘


މީސްތަކުން ފޮނުވާލައްވާ، އޭރުން އެބައިމީހުންނަށް މިތާ ކައިރީގައިވާ އަވަށްތަކުން ނޫނީ މި ސަރަހައްދުގެ ދަނޑުތަކުން ކާނޭ އެއްޗެއް ގަނެވިދާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައި ވަނީ ކިތައް ބޯރޮށިތޯ ގޮސް ބަލާބަލަ؟⁠“ އެބޭކަލުން ބަލައި ހެދުމަށް ފަހު އެކަލޭގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ދެ މަހާއި ބޯރޮށީގެ ފަސްރޮށި.⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ލޯނު ދޫކުރާ މީހަކަށް ދަރާފައިވާ ދެމީހަކު ވި. އެކަކު އޭނާއަށް ދަރައިފައި ވަނީ ފަސް ސަތޭކަ ދީނާރަށް، އަނެކަކު ފަންސާސް ދީނާރަށް.


ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން މިބައިމީހުންނަށް ކާނޭ އެއްޗެއް ދީ.⁠“ އެބައިމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެން އަތުގައި ވާހާ ވެސް އެއްޗަކީ ދެ މަހާއި ފަސް ބޯރޮށި. ވީއިރު އަޅުގަނޑުމެން މިއެންމެންނަށް ކާން ދޭން ވެއްޖިއްޔާ އެތައް ބައިވަރު ކާތަކެއްޗެއް ގަންނަން ޖެހޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ