Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 6:34 - ކިތާބުލް މުޤައްދަސާ

34 އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ހިނދު އެއްވެފައިވާ ގިނަ މީސްތަކުން ފެނިވަޑައިގަންނަވާ އެ މީހުންނާއިމެދުގައި ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައިމީހުން ވަނީ ހުއިހައްޕައިދޭނޭ މީހަކުނެތް ކަންބަޅިތަކެއް ފަދައިންނެވެ. އެހެންވީމާ، އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 6:34
19 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެއްގަމަށް ފައިބައިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އިންތިޒާރުގައި މީސްތަކުން ތިބިތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަމާއި އެކަލޭގެފާނު ނުހަނު ހަމްދަރުދީވެ ވަޑައިގެން އެމީހުންގެ ބަލިތަކަށް ޝިފާދެއްވިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަން. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިމީހުންގެ އަތުގައި މިހާރު ކާނޭ އެއްޗެއް ވެސް ނެތް. އެހެންވެ އެމީހުން ބަނޑުހައި ވެފާއިވާ ޙާލުގައި ފޮނުވާލުމަކަށް އަހަރެން ނޭދެމު. އެމީހުން ގެއަށް ދާ މަގުމަތީ ފަހަރެއްގައި ހޭނެތިދާނެ.⁠“


އެކަލޭގެފާނުގެ އަރިހަށް އައިސްތިބި ގިނަ މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު އެމީހުންނާމެދު ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައި މީހުން ވަނީ ހުއިހައްޕާ ދޭނޭ މީހަކު ނެތި، އެތަން މިތަނަށް ފެތުރި، ހާސްވެ އުންމީދު ގެއްލިފައިވާ ކަންބަޅިތަކެއް ފަދައިން ވެފައެވެ.


މީސްތަކުންނަށް އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފުރާވަޑައިގެންނެވިތަން ފެނުމާއެކު އެބޭކަލުން އެ ސަރަހައްދަށް ވަޑައިގަތުގެ ކުރިން އެމީހުން އެކިއެކި އަވަށްތަކުން ފައިމަގުގައި ދުވަމުން ގޮސް އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށްޓަކައި އެމީހުން އެ އައްސޭރީގައި ޖަމާވެގެން ތިއްބެވެ.


އަދި އިރުއޮއްސުމާއި ކައިރިވެފައި ވަނިކޮށް އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. އަދި މިހާރު މާލަސްވެއްޖެ.


އެދުވަސްތަކުގެ ތެރެއިން ދުވަހެއްގައި އަނެއްކާވެސް ގިނަ ޢަދަދެއްގެ ބަޔަކު އީސާގެފާނުގެ އަރިހަށް އައެވެ. އެބައިމީހުންގެ އަތުގައި ކާނޭ އެއްވެސް އެއްޗެއް ނުމެ ނެތްމެއެވެ. އެހެންވެ، އެ މީސްތަކުންނާއި އެކުގައި އީސާގެފާނު ހުންނަވާ އަސްޙާބީންނަށް ވިދާޅުވިއެވެ.


”⁠އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަމު. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިބައިމީހުންގެ އަތުގައި މިހާރު ކާނޭ އެއްވެސް އެއްޗެއް ނުމެނެތްމެ.


ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު އެރަށަށް ވަޑައިގަންނަވާ ޚަބަރު އިވުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އީސާގެފާނު މިބައިމީހުންނާއި ބައްދަލުވުމުން އުފާފުޅު ކުރެއްވިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު އެބައިމީހުންނާ ވާހަކަ ދައްކަވާ ހެއްދެވިއެވެ. އަދި އެބައިމީހުންގެ ތެރޭގައި ވާހާ ބަލި މީހުންނެއްގެ ބަލި ވެސް ހެޔޮ ކުރައްވާ ހެއްދެވިއެވެ.


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ