Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 6:32 - ކިތާބުލް މުޤައްދަސާ

32 އެއާއެކު މީސްތަކުންނާއި އެކަހެރިވެ ވަޑައިގަތުމަށްޓަކައި އެބޭކަލުން ދޯންޏެއްގައި ފުރާވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 6:32
10 ပူးပေါင်းရင်းမြစ်များ  

މީސްތަކުން ގިނަވެ ތޮއްޖެހުނު ހިނދު އެކަލޭގެފާނަށް ދޯނި ތައްޔާރު ކޮށްދެއްވުމަށް އެދި އަސްޙާބީންނަށް ވިދާޅުވިއެވެ. އެއީ މީސްތަކުން އެތަނުގައި ފިތިބާރުވެފައިވުމުން ދުރުގައި ހުންނެވުމަށެވެ.


އޭރު އެކަލޭގެފާނު އިންނެވީ ދޯނީގައެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން މީސްތަކުންނާ އެކަހެރިވެ އެކަލޭގެފާނު އިންނެވި ދޯންޏަށް އަރާ ފުރިއެވެ. އަދި އެތަނުގައި ހުރި އެހެނިހެން ދޯނިފަހަރު ވެސް އެބޭކަލުންގެ ފަސްފަހަތުން ދިޔައެވެ.


މީސްތަކުންނަށް އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފުރާވަޑައިގެންނެވިތަން ފެނުމާއެކު އެބޭކަލުން އެ ސަރަހައްދަށް ވަޑައިގަތުގެ ކުރިން އެމީހުން އެކިއެކި އަވަށްތަކުން ފައިމަގުގައި ދުވަމުން ގޮސް އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށްޓަކައި އެމީހުން އެ އައްސޭރީގައި ޖަމާވެގެން ތިއްބެވެ.


ވަގުތުން އީސާގެފާނު އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތުގައި ވާ ރަށެއް ކަމުގައިވާ ބެތުސައިދާ އަށް ދިއުމަށް ބާރުއެޅުއްވިއެވެ. މީސްތަކުން ފޮނުވާލުމަށްޓަކައި އެކަލޭގެފާނު އެތަނުގައި ހުންނެވީއެވެ.


ދެން އަސްޙާބީން އެކަލޭގެފާނު ދޯންޏަށް ނެންގެވިއެވެ. އަދި ހަމަ އެ ހިނދު ވައިމަޑުވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން މިކަމާއިމެދު އިންތިހާއަށް ހައިރާންވިއެވެ.


ދެން މިއަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީކަނޑު، ނުވަތަ ތިބޭރިޔަސް ކަނޑުގެ އަނެއްފަރާތަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ