Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 6:30 - ކިތާބުލް މުޤައްދަސާ

30 ބާރަ މަންދޫބުން އެބޭކަލުން ފޮނުއްވި މަސައްކަތް ނިންމެވުމަށް ފަހު އެނބުރިއައިސް އީސާގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި އެބައިމީހުން ކަންތައް ކުރި ގޮތާއި އުނގަންނައިދިން ގޮތުގެ ޚަބަރުން ދެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 6:30
17 ပူးပေါင်းရင်းမြစ်များ  

ދެން ޚާދިމުކަލޭގެ މިހިނގާދިޔަ ޙާދިސާތަކުން އިސްޙާޤުގެފާނަށް ޚަބަރު ދެއްވިއެވެ.


އީސާގެފާނުގެ ބާރަ މަންދޫބުންގެ ނަންތަކަކީ މިއީއެވެ: ފުރަތަމަ ޝަމްއޫނު އެވެ. އޭނާއަށް ޕަތަރަސްގެ ނަމުން ވެސް މުޚާތަބު ކުރެވެއެވެ. ދެން އޭނާގެ ކޮއްކޮ އަންދުރާއި ޒަބަދީގެ ދެ ފިރިހެން ދަރިން ކަމުގައިވާ ޔާމިޒު އާއި އޭނާގެ ކޮއްކޮ ޔޫޙަންނާ އާއި


އެއަށް ފަހު އެބޭކަލުންގެ ތެރެއިން ބާރަ ބޭކަލުން އެކަލޭގެފާނުގެ މަންދޫބުންގެ ގޮތުގައި ހޮއްވެވިއެވެ. އެއީ އެބޭކަލުން އެކަލޭގެފާނާއި އެކުގައި ވުމަށާއި މީސްތަކުންގެ ކައިރިއަށް އުނގަންނައި ދިނުމަށްޓަކައި އެބޭކަލުން ފޮނުވުމަށް އެކަލޭގެފާނު އެދިވަޑައިގަތުމުންނެވެ.


ޔަޙުޔާގެފާނުގެ އަސްޙާބީންނަށް މި ޚަބަރު ލިބުމާއެކުގައި ގޮސް ޔަޙުޔާގެފާނުގެ ހަށިކޮޅު ގެންދަވާ ފަސްދާނުލެއްވިއެވެ.


މި ދިޔަ ހަތްދިހަ ދެ އަސްޙާބީން އެނބުރި އައީ ވަރަށް އުފާވެރި ކަން މަތީގައެވެ. އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑުމެން ކަލޭގެފާނުގެ ނަންފުޅުގަތުމުން ޖިންނީން ވެސް އަޅުގަނޑުމެންނަށް ބޯލަނބާ.⁠“


އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އީމާންކަން އިތުރުކޮށް ދެއްވާ.⁠“


ރޭގަނޑުގެ ކެއުމުގެ ވަގުތު އީސާގެފާނާއި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެގެއަށް ވަޑައިގަތް މޭޒު ދޮށުގައި ފަރިއްކުޅުއްވުމަށް އިށީނދެ ވަޑައިގަތެވެ.


މިއަންހެނުންނަކީ މަރިޔަމް މަގްދަލޭނާ އާއި ޔޮއަންނާ އާއި އަސްޙާބީއެއް ކަމުގައިވާ ޔާމިޒުގެ މަންމަ މަރިޔަމްއާއި އެމީހުންނާއި އެކީގައި ދިޔަ އެހެން އަންހެނުންނެވެ. މިކަންތައްތަކުގެ ވާހަކަ އީސާގެފާނުގެ މަންދޫބުންނަށް ކިޔައިދިނީ މިމީހުންނެވެ.


ހެނދުނު ވުމުން އެކަލޭގެފާނު އެމީހުންނަށް ގޮވާ އެތަނަށް ގެނައެވެ. އަދި އޭގެ ތެރެއިން ބާރަ މީހަކު އެކަލޭގެފާނުގެ ޚާއްސަ އަސްޙާބީންގެ ގޮތުގައި ހޮއްވެވިއެވެ. އަދި މި ބާރަ މީހުންނަކީ އެކަލޭގެފާނުގެ ބަސްފުޅުތަކާއިގެން މީސްތަކުންގެ ކައިރިއަށް ފޮނުއްވާނެ މަންދޫބުން ކަމުގައި ހަމަޖެއްސެވިއެވެ.


މި ބާރަ އަސްޙާބީން އެކަންތައްތަކުން ނިމިގެން އެނބުރި އައިސް އީސާގެފާނަށް އެމީހުން ކުރި ހުރިހާ ކަމެއްގެ ޚަބަރުތައް ފުރިހަމައަށް ކިޔާ ދެއްވިއެވެ. ދެން އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކު އެހެން މީހުންނާއި ދުރަށް ވަޑައިގަތުމަށްޓަކައި ބެތުސައިދާ އޭކިޔުނު ރަށަށް ދަތުރު ފެއްޓެވިއެވެ.


ދެން އެމީހުން މި ދެމީހުންގެ ތެރެއިން ހޮވޭނެ މީހަކު ބެލުމަށް ގުރުއަތުލިއެވެ. އެ ގުރުއަތުން ޔުދާސްގެ މަޤާމަށް ހޮވުނީ މައްތިޔާސް އެވެ. ދެން މައްތިޔާސް އަނެއް އެގާރަ މަންދޫބުންގެ ތެރެއަށް ބާރަވަނަ މަންދޫބެއްގެ ގޮތުން އިތުރު ކުރެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ