29 ޔަޙުޔާގެފާނުގެ އަސްޙާބީންނަށް މި ޚަބަރު ލިބުމާއެކުގައި ގޮސް ޔަޙުޔާގެފާނުގެ ހަށިކޮޅު ގެންދަވާ ފަސްދާނުލެއްވިއެވެ.
ދެން ޔަޙުޔާގެފާނުގެ އަސްޙާބީން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސް ފަސްދާނު ލެއްވިއެވެ. އަދި އެބައިމީހުން އީސާގެފާނުގެ އަރިހަށް ގޮސް އެ ކަމުގެ ޚަބަރު ދިނެވެ.
އަދި ތަބަކަށް ލައިގެން ގެނެސް އެ އަންހެންކުއްޖާއަށް ދިނެވެ. ދެން އެ އަންހެންކުއްޖާ އެ ތަބައް ހިފައިގެން ގޮސް އޭނާގެ މަންމައަށް ދިނެވެ.
ބާރަ މަންދޫބުން އެބޭކަލުން ފޮނުއްވި މަސައްކަތް ނިންމެވުމަށް ފަހު އެނބުރިއައިސް އީސާގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި އެބައިމީހުން ކަންތައް ކުރި ގޮތާއި އުނގަންނައިދިން ގޮތުގެ ޚަބަރުން ދެންނެވިއެވެ.
މާތްސާހިބަށް އީމާންވެގެން ތިބި ބަޔަކު އިސްތިފާނު ކަފުންކޮށް ވަޅުލިއެވެ. އަދި އޭނާގެ މަރުގެ މައްޗަށް ހިތާމަ ކޮށް ރޮއެހެދިއެވެ.