މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.“