Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 6:15 - ކިތާބުލް މުޤައްދަސާ

15 އަނެއް ބަޔަކު ދުށް ގޮތުގައި އީސާގެފާނަކީ އިލްޔާސްގެފާނެވެ. ނޫނީ އިހު ޒަމާނުގައި އުޅުއްވި ނަބީބޭކަލެއްފަދަ ބޭކަލެއް ކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 6:15
19 ပူးပေါင်းရင်းမြစ်များ  

އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”⁠ބައެއްމީހުން ކަލޭގެފާނީ ޔަޙުޔާގެފާނު ކަމުގައި ބުނޭ. އަނެއް ބައިމީހުން އިލްޔާސްގެފާނު ކަމުގައި ބުނޭ. އަދި އަނެއް ބައިމީހުން ކަލޭގެފާނީ އިރްމިޔާ ކަމުގައި ނޫނީ ކޮންމެވެސް އެހެން ނަބީބޭކަލެއް ކަމުގައި ބުނެ އުޅޭ.⁠“


އެއްވެފައިވާ މީސްތަކުން ޖަވާބު ދިނެވެ. ”⁠މިއީ ގަލީލީގެ ނާޒަރަތުން ވަޑައިގެންނެވި ނަބިއްޔާ އީސާގެފާނު.⁠“


މި ޚަބަރު ހެރޮދު ރަސްގެފާނަށް ލިބުމާއެކު ބުންޏެވެ. ”⁠އޭނާ އަކީ ޔަޙުޔާގެފާނޭ! އޭނާގެ ބޮލާއި ކަނދުރާ ވަކިކޮށްލީ އަހަރެން، އެކަމަކު އޭނާ އަލުން ދިރިގެން އައީ އޭ!⁠“ މިކަން ހިނގައިދިޔައީ މިފަދައިންނެވެ.


”⁠ބައެއް މީހުން ބުނަނީ ކަލޭގެފާނީ ޔަޙުޔާގެފާނު ކަމަށް. އަނެއް ބަޔަކު ބުނަނީ ކަލޭގެފާނީ އިލްޔާސްގެފާނު ކަމުގައި. އަދި ބައެއް ފަރާތްތަކުން ކަލޭގެފާނީ ކޮންމެވެސް ނަބީބޭކަލެއް ކަމުގައި ބުނޭ.⁠“ އަސްޙާބީން ޖަވާބު ދެއްވިއެވެ.


އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.⁠“


މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”⁠ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!⁠“


އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ. ”⁠މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟⁠“


އެމީހުން ބުންޏެވެ. ”⁠ގިނަ މީހުން ކަލޭގެފާނަކީ ޔަޙުޔާގެފާނޭ ބުނެއުޅޭ. އަނެއްބަޔަކު ކަލޭގެފާނަކީ ނަބީބޭކަލެއް ކަމުގައިވާ އިލްޔާސްގެފާނޭ ބުނެއުޅޭ. އަދި ބައެއްމީހުން ކަލޭގެފާނަކީ އެހެން ވެސް ކުރީގެ ރަސޫލުބޭކަލުންގެ ތެރެއިން އަލުން ދިރިވަޑައިގެންނެވި ކޮންމެވެސް ރަސޫލުބޭކަލެކޭ ވެސް ބުނެއުޅޭ.⁠“


އަދި އަނެއްބައިމީހުން ބުނަނީ އިލްޔާސްގެފާނު ފާޅުވީ ކަމުގައެވެ. އަދި އަނެއްބަޔަކު މާކުރީ ޒަމާނެއްގެ ރަސޫލުބޭކަލަކު އަލުން ދިރުއްވައިފިއޭ ވެސް ބުނެއުޅުނެވެ.


ދެން އެމީހުން ބުންޏެވެ. ”⁠އެހެންވީއިރު ކަލޭގެފާނު ތީ ކޮންބޭކަލެއްތޯ؟ ތިޔައީ ނަބީ އިލްޔާސްގެފާނު ތޯ؟⁠“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠ނޫން އަހަރެން މިއީ އިލްޔާސްގެފާނެއް ވެސް ނޫން.⁠“ ”⁠ވީއިރު ތިޔައީ ފޮނުއްވޭނެ ޚާއްސަ ރަސޫލާތޯ؟⁠“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠ނޫން އެހެންނެއް ވެސް ނޫން.⁠“


އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”⁠ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.⁠“


އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނުގެ މި ބަސްފުޅުތައް އިވުމުން ބުންޏެވެ. ”⁠ހަމަކަށަވަރުން ވެސް ޚާއްސަކުރައްވައި ފޮނުއްވޭނެ ރަސޫލާ ދުނިޔެއަށް ވަޑައިގެންފި.⁠“


ދެން އެމީހުން ލޮލުގެ އަލިކަން ލިބުނު މި މީހާއާއި އިތުރަށް ސުވާލު ކުރިއެވެ. ”⁠އޭނާ ފަސޭހަކޮށް އަލިކޮށް ދިނީ ކަލޭގެ ލޯ. ވީއިރު ކަލޭ އޭނާއާ ދޭތެރޭ ބުނަނީ ކީކޭތަ؟⁠“ އެމީހާ ޖަވާބުގައި ބުންޏެވެ. ”⁠އަޅުގަނޑު ބުނާނީ އެމީހާ އެއީ ހަމަ ރަސޫލުބޭކަލެކޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ