މަރުކުސް 6:14 - ކިތާބުލް މުޤައްދަސާ14 މީސްތަކުންގެ މެދުގައި އީސާގެފާނުގެ މަޝްހޫރުކަން ހުރިހާ ސަރަހައްދެއްގައި ފެތުރިގެން ދިޔައެވެ. އަދި ހެރޮދު ރަސްގެފާނަށް މި ޚަބަރު ލިބުނެވެ. އީސާގެފާނާއިމެދު އެއްބަޔަކު ބުނަމުން ދިޔައީ މިފަދައިންނެވެ. ”އެއީ ޔަޙުޔާގެފާނެއް ނޫންތަ؟ އެކަލޭގެފާނު އަލުން ދިރިވަޑައިގެންނެވީ ނޫންތަ؟ އެހެންވެއެއް ނޫންތަ އެކަލޭގެފާނަށް މުޢުޖިޒާތްތަކެއް ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ވަނީ؟“ အခန်းကိုကြည့်ပါ။ |
ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.
ކައިސަރު ތިބޭރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ. ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ. އަދި އަބީލީނާގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ.
އެއީ ތިޔަބައިމީހުން މެދުވެރިކޮށް މެސެޑޯނިޔާއާއި އަކޭޔާގެ އެންމެންނަށް މާތް ސާހިބާއާއި ބެހޭ ޚަބަރުފުޅު ދިނުމުން އެކަންޏެއްމެ ނޫނެވެ. އަދި މީގެ އިތުރުން މާތްރަސްކަލާނގެ އާއި މެދުގައި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމުގެ ޚަބަރު އެންމެހައި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީތީ ވެސްމެއެވެ. ވީމާ އިތުރަށް އަހަރެމެން ބުނަންޖެހޭ ވާހަކައެއް ނެތެވެ.