Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:40 - ކިތާބުލް މުޤައްދަސާ

40 އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނަށް މަލާމަތްކޮށް ހީނ ހެދިއެވެ. އެއަށް ފަހު އެމީހުން ބޭރަށް ދިއުމަށް އީސާގެފާނު އަމުރު ކުރައްވައި އެތަނުން ފޮނުވާލެއްވިއެވެ. އަދި އެ ކުއްޖާގެ މައިންބަފައިންނާއި އެކަލޭގެފާނުގެ ތިން އަސްޙާބީންނާއެކު އެ ކުއްޖާ ބޭއްވިފައިވާ ކޮޓަރި ތެރެއަށް ވެދެވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:40
14 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


ތިޔަބައިމީހުންގެ އަނގަޔަށްލާ ކާނާ އަކީ ތިޔަބައިމީހުން ނުތާހިރު ކުރުވާނޭ އެއްޗެއް ނޫން. ތިޔަބައިމީހުން ނުތާހިރު ކުރުވަނީ ތިޔަބައިމީހުންގެ އަނގައިން ނުކުންނަ ނުބައިވެގެންވާ ބަސްތައް.⁠“


ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.⁠“


އަދި އެކަލޭގެފާނު ގޭތެރެއަށް ވެދެވަޑައިގެން މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މި އެންމެން ކަރުނައަޅާ ރޮމުން މިގެންދަނީ ކީއްވެ؟ މި ކުއްޖާ މިވަނީ މަރުވެފައެއް ނޫން. ނިދިފައި.⁠“


އެކަލޭގެފާނު އެ އަންހެންކުއްޖާގެ އަތުގައި ހިއްޕެވުމަށް ފަހު އެކުއްޖާއަށް ވިދާޅުވިއެވެ. ”⁠ތަލީތާ ކޮއުމް⁠“ މާނައީ ”⁠ކުޑަ ކަނބުލޯ، ތެދުވުމަށް އަހަރެން އަމުރުކުރަން!⁠“


ފަރީސީނުގެ އެންމެން ވެސް ފައިސާއަށް ވަރަށް ލޯބި ކުރެއެވެ. އެހެން ކަމުން އެމީހުންނަށް އީސާގެފާނުގެ މި ބަސްފުޅުތަކުގެ އަޑުއިވުމުން އެކަލޭގެފާނަށް މަލާމާތް ކުރިއެވެ.


ޕައުލް މަރުވެފައިވީ މީހަކު އަލުން ދިރުއްވުނު ވާހަކަ ބުނި އަޑު އެތާނގައި ތިބި މީހުންނަށް އިވުމުން އެތަނުން ބަޔަކު ހޭންފެށިއެވެ. ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠ކަލޭގެ ވާހަކަތައް އަޑު އަހަން އަހަރެމެން އެދެމޭ. ވީމާ އެހެން ދުވަހަކު އަދި އަހަރެމެން ކަލެއާއި ބައްދަލު ކުރަން ބޭނުމޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ