Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:35 - ކިތާބުލް މުޤައްދަސާ

35 އީސާގެފާނު މިފަދައިން ވިދާޅުވި ތަނާހެން ޖައިރުސްގެ ގެއިން ޚަބަރާއިގެން ބަޔަކު އައެވެ. އަދި ޖައިރުސްއަށް އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ. ”⁠މަނިކުފާނުގެ އަންހެން ދަރިފުޅު ނިޔާވެއްޖެ. އިތުރަށް އެދުރުކަލޭގެފާނަށް އުނދަގޫ ކުރުމުގެ ބޭނުމެއްނެތް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:35
13 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެމީހުންގެ ވިސްނުން ދެނެވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠މި އަންހެނާގެ އަމަލުތަކާއި މެދު ތިޔަބައިމީހުން ކަންތައް ބޮޑުވާންވީ ކީއްވެ؟ އަހަރެންނަށް ޓަކައި އެކަނބުލޭގެ އެ ކުރީ ނުހަނު ރަނގަޅު އަދި އެހާމެ ހެޔޮ ކަމެއް.


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ސަހަރުގެ ތެރެއަށް ވަދެގެން ދާހިނދު، ތިޔަބައިމީހުންނާއި މީހަކު ދިމާވާނެ. އެމީހާއަށް ބުނޭ. ’⁠އެދުރުކަލޭގެފާނު ވިދާޅުވިއޭ. އެކަލޭގެފާނުގެ ވަގުތު މިވަނީ އައިސްފައޭ. އަދި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ތިމަންކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ތިބާގެ ގޭގައި ކާން ބޭނުމޭ.⁠‘⁠“


އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“


އީސާގެފާނު އެކަލޭގެފާނުގެ ދަތުރުފުޅު ފެއްޓެވި ހިނދު، ފިރިހެނަކު ދުވެފައި އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠ހެޔޮލަފާ އެދުރުކަލޭގެފާނު، ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭނީ ކޮން ކަމެއްތޯ؟⁠“


އެ ހިނދު ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިއަކު އެތަނަށް އައެވެ. އޭނާއަށް އީސާގެފާނު ފެނުމާއެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެންދަރިފުޅު ވަނީ މަރުގެ ތުންފަތްމަތީގަ. އާދޭސްކޮށް ދަންނަވަން. އަޅުގަނޑާއެކުގައި ހިންގަވާ. އަދި ކަލޭގެފާނުގެ އަތްޕުޅު އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އެކަނބުލޮގެ ބަލި ފަސޭހަވެ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“


އީސާގެފާނު ވިދާޅުވަމުން ދިޔަ ބަސްފުޅު ނުވެސް ނިމި އުޅެނިކޮށް ދީނީ މަރުކަޒުގެ ވެރިޔާ ޖައިރުސްގެ ގެއިން މީހަކު އައެވެ. އެމީހާ ބުންޏެވެ. ”⁠އެދުރުކަލޭގެފާނަށް ދެން އިތުރު އުނދަގޫ ކުރުމުގެ ބޭނުމެއް ނެތް. ޖައިރުސް، ތިޔަބޭފުޅާގެ ދަރިފުޅު އަވަހާރަވެއްޖެ.⁠“


މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު މިތަނުގައި އަޅުގަނޑުމެންގެ ކާރީގައި ހުރިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ.


މަރުތާ މިހެން ބުނުމަށް ފަހު އެނބުރި ގޮސް އޭނާގެ ކޮއްކޮ މަރިޔަމް ގާތު އެކަހެރިކޮށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ވަޑައިގެންފި. އެކަލޭގެފާނު ކަލޭ ދުށުމަށް އެދިވަޑައިގަންނަވާ.⁠“


މަރިޔަމް ދިޔަ ގޮތަށް ދިޔައީ އީސާގެފާނު ހުންނެވި ތަނަށެވެ. އޭނާއަށް އެކަލޭގެފާނު ފެނުމާއި އެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި ރޮއިގެންފައި ދެންނެވިއެވެ. ”⁠މާތް ސާހިބާ! ކަލޭގެފާނު މިތާ އަޅުގަނޑުމެންގެ ކާރީގައި ހުންނެވިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.⁠“


ދެން އީސާގެފާނު މީސްތަކުންނަށް އެ ހިލަ ފުރޮޅާލުމަށް އެންގެވިއެވެ. ނަމަވެސް މަރުވެފައިވާ މީހާގެ ދައްތަ، މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ، ލާޒަރު މަރުވިތާ މިހާރު ހަތަރު ދުވަސް ވެއްޖެ. އެހެންވީމާ މިހާރު އެތާނގައި ދުވާނީ ކުނިވަސް.⁠“


އަހަރެން ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އަދި ކޮބާ! އެދުވަސް މިހާރު ވެސް މި ވަނީ އައިސްފަ. އެދުވަހުން މަރުވެފައިވާ މީހުންނަށް މާތްރަސްކަލާނގެ ދަރިކަލުންގެ އަޑުއިވޭނެ. އަދި އެ އަޑު އިވޭ ބަޔަކަށް ދިރިހުރުން ލިބޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ