Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:34 - ކިތާބުލް މުޤައްދަސާ

34 އީސާގެފާނު މި ކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ކަނބުލޭގެ ބަލި ފަސޭހަވެފައި ތިޔަވަނީ ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން. ސުލްޙަވެރި ކަމާއެކުގައިދޭ. އަދި އެ އުނދަގުލުން ތިޔަ ވަނީ މިނިވަންކުރެވިގެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:34
19 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


އީސާގެފާނު ފަސްއެނބުރި ބައްލަވާލައްވައި އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ، ހިތްވަރުކުރޭ! ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން ކަނބުލޭގެ ބަލި މިހާރު ތިޔަވަނީ ފަސޭހަވެފައި!⁠“ އެހިނދު އެ އަންހެނާގެ ބަލި ފަސޭހަ ވެއްޖެއެވެ.


”⁠ދޭ. ތިބާގެ އީމާންތެރިކަމުގެ ސަބަބުން ތިބާ ތިޔަ ވަނީ ރަނގަޅުވެފައި.⁠“ އެ ހިނދު އޭނާގެ ލޮލުގެ އަލިކަން ލިބިގެން ވިއެވެ. އަދި އީސާގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނާއި އެކު ދިޔައެވެ.


އަދި އެދުވަހު އެތައްބައެއްގެ ބަލި ހެޔޮ ވެގެން ވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްވެފައިވާ މީސްތަކުންނާއެކު ބައެއް ބަލި މީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލުމަށްޓަކާ އެކަކު އަނެކަކު ކޮށްޕަމުން ކުރިއަށް ދެވޭތޯ ބެލިއެވެ.


އެކަލޭގެފާނުގެ ހެދުންކޮޅުގައި މި ކަނބުލޭގެ އަތްލި ހިނދު އޭނާގެ ލޭ ފޭބުން ވަގުތުން ހުއްޓިއްޖެއެވެ. އަދި އޭނާގެ މުސީބާތަކަށް ވެފައިވާ ބަލިން ފަސޭހަވިކަމުގެ އިޙުސާސް ކުރެވުނެވެ.


މި އަންހެނާއަށް އޭނާއަށް މިދިމާވި ކަންތައް އެނގި، ބިރުން ފިތްކަނޑައިގެންދާ ޙާލުގައި އެކަލޭގެފާނުގެ އަރިހަށްއައިސް، ފައިންޕުޅު މައްޗަށް ވެއްޓި ކަން ހިނގިގޮތް ތެދުބަހުން ދެންނެވިއެވެ.


އެކަލޭގެފާނު މިމީހާއަށް ވިދާޅުވިއެވެ. ”⁠ތެދުވޭ. އަދި ކަލޭގެ މަގުގައި ކުރިއަށް ދޭ. ކަލޭގެ ބަލި ހެޔޮވެފައި ތިޔަވަނީ ކަލޭ އީމާންވީތީ.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ލޮލަށް އަލިކަން ލިބިގަނޭ. ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭގެ ލޯ ތިޔަ ވަނީ އަލިވެފަ.⁠“


އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި. ހިތްހަމަޖެހިގެން ދޭ!⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ދައްތާ! ދައްތަގެ އީމާންކަމުގެ ސަބަބުން ދައްތައަށް ތިޔަވަނީ ރަނގަޅުވެފަ. ހިތް ހަމަޖެހި އުފާކުރޭ.⁠“


ޕައުލް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުގެ ވާހަކަތައް ދައްކަމުން ދިޔަ އިރު މީނާ ވަރަށް ކަނުލާ އެ ވާހަކަތައް އަޑު އަހަން އިނެވެ. ޕައުލް އޭނާ އާއި ދިމާލަށް ވަރަށް ފަރުވާވެ ބެލިއެވެ. އަދި އޭނާގެ ހިތުގައި އީސާގެފާނުގެ މައްޗަށް އީމާންކަން ވާތީ އީސާގެފާނު އޭނާއަށް ޖެހިފައިވާ ވާބަލިން އޭނާ ސަލާމަތް ކޮށްދެއްވާނެކަން ޕައުލްއަށް އެނގުނެވެ.


ދެން ދުވަސްކޮޅަކަށް ފަހު ބަރުސައްބާސް އާއި ސިލާހު އެނބުރި ޖެރޫސަލަމަށް އެމީހުން ފޮނުވި މީހުންގެ ކަރިއަށް ދިޔައެވެ. އެމީހުން ދިޔައީ އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ އެންމެންގެ ހެޔޮއެދުން ލިބިގެންނެވެ.


ދެން ޖަލު ބަލަހައްޓާ މީހާ ޕައުލް އަށް ބުންޏެވެ. ”⁠ކަލޭމެން ދޫކޮށްލުމަށް ރޯމު ސަރުކާރުގެ ފަނޑިޔާރުން އަންގައިފި. ވީމާ މިހާރު ކަލޭމެން ތިއީ މިނިވަނުން. އުފާވެރިކަމާއި އެކު ހިތްހަމަޖެހިގެން ދޭ.⁠“


ކަލޭމެންގެ އެކަކު އެ އަޚާ ނޫނީ އުޚުތާއަށް މިފަދައިން ބުނިމެއެވެ. ”⁠ތިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވާށިއޭ! ތިބާ އުނުއަންނައުނާއި ބަނޑުހައި ހޫނުކަމުގެ ވޭނުން މާތްރަސްކަލާނގެ ނަޖާ ކުރައްވާށިއޭ!⁠“ ނަމަވެސް އޭނާގެ ޙަޔާތުގައި ވީ މުހުތާދު ފިލުވައި ދިނުމަށްޓަކައި ތިބާ އެއްވެސްކަމެއް ކޮށްނުދިނީމުއެވެ. ވީއިރު ތިބާގެ އެ ހެޔޮ ބަސްތަކުގެ މާނައެއް ވޭހެއްޔެވެ؟


ޢާލީ ޖަވާބުދިނެވެ. ”⁠ސަލާމަތް ކަމާއެކު ދޭ! އިސްރާއީލުގެ ވެރި މާތްކަލާނގެ ކަލޭގެ ދުޢާ އިޖާބަ ކުރައްވާށި.⁠“


ޔޫނަތައިން ދާއޫދަށް ބުންޏެވެ. ”⁠ސަލާމަތް ކަމާއެކު ދޭ. އަހަރެމެން ދެމީހުން މިތިބީ ރައްޓެހިކަން ނުކެނޑުމަށް މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން. އަހަރެންގެ ދަރިކޮޅުގެ މީހުންނާއި ކަލޭގެ ދަރިކޮޅުގެ މި ގުޅުން ދާއިމަށް ދަމަހައްޓާނެ ކަމަށް މާތްރަސްކަލާނގެ ހެކި ކޮށް ވަޢުދު ކޮށްގެން.⁠“ ދެން ދާއޫދު އެތަނުން ހިނގައްޖެއެވެ. ޔޫނަތައިން ވެސް ސަހަރަށް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ