33 މި އަންހެނާއަށް އޭނާއަށް މިދިމާވި ކަންތައް އެނގި، ބިރުން ފިތްކަނޑައިގެންދާ ޙާލުގައި އެކަލޭގެފާނުގެ އަރިހަށްއައިސް، ފައިންޕުޅު މައްޗަށް ވެއްޓި ކަން ހިނގިގޮތް ތެދުބަހުން ދެންނެވިއެވެ.
އެހެނަސް އެމީހުން ތިބީ ބިރުން ފިތްކަނޑައިގެންދާވަރު ވެފައެވެ. އަދި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”ވަޔާއި ކަނޑުގެ ރާޅުތައް ވެސް ކިޔަމަންތެރިވާ މި މީހަކީ ކާކު ބާ؟“
ނަމަވެސް އެކަން ކުރީ ކާކުތޯ ބެލުމުގެ ގޮތުން އީސާގެފާނު ވަށައިގެންވީ މީސްތަކުންނާ ދިމާލަށް ބައްލަވަމުން ގެންދެވިއެވެ.
އީސާގެފާނު މި ކަނބުލޭގެއަށް ވިދާޅުވިއެވެ. ”ކަނބުލޭގެ ބަލި ފަސޭހަވެފައި ތިޔަވަނީ ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން. ސުލްޙަވެރި ކަމާއެކުގައިދޭ. އަދި އެ އުނދަގުލުން ތިޔަ ވަނީ މިނިވަންކުރެވިގެން.“
އެމަލާއިކަތާ ފެނުމުން ޒަކަރިއްޔާ ސިއްސައިގެން ގޮސް ބިރުން ތުރުތުރު އަޅަން ފެށިއެވެ.
މަރިޔަމްގެފާނަށް މިބަސްފުޅުތަކުގެ މާނަ ވިސްނިވަޑައިނުގެން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ.
މިއަންހެންމީހާއަށް މިތަން ފެނުމުން ނޭނގި ނުދެވޭނެކަން އެނގުމުން ބިރުން ތުރުތުރު އަޅަމުން އައިސް އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ. އަދި އެންމެންގެ ކުރިމަތީގައި އޭނާ އީސާގެފާނުގެ ގައިކޮޅުގައި އަތްލީ ކީއްވެގެން ކަމާއި އަދި ހަމަ ވަގުތުން އޭނާގެ ބަލި ފަސޭހަވީ ގޮތުގެ ވާހަކަ ކިޔަދިނެވެ.