Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:29 - ކިތާބުލް މުޤައްދަސާ

29 އެކަލޭގެފާނުގެ ހެދުންކޮޅުގައި މި ކަނބުލޭގެ އަތްލި ހިނދު އޭނާގެ ލޭ ފޭބުން ވަގުތުން ހުއްޓިއްޖެއެވެ. އަދި އޭނާގެ މުސީބާތަކަށް ވެފައިވާ ބަލިން ފަސޭހަވިކަމުގެ އިޙުސާސް ކުރެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:29
14 ပူးပေါင်းရင်းမြစ်များ  

އެކަލާނގެ އެންގެވިއެވެ. ”⁠ކަލޭމެންގެ އިލާހު، ތިމަންކަލާނގެ އަންގަވާ އެންގެވުންތައް ރަނގަޅަށް ކަނުލައި އަޑުއަހައި ކިޔަމަންވާނަމަ ތިމަންކަލާނގެ މިޞްރުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ބަލިމަޑުކަމެއް ކަލޭމެންގެ މައްޗަށް ނުފޮނުއްވާނަމޭ. އެހެނީ ކަލޭމެންނަށް ޝިފާ ދެއްވަނީ ތިމަންކަލާނގެއޭ.⁠“


އެބޭކަލުން ހިންގަވާ ވަޑައިގަންނަވަމުން ގެންދެވި ހިނދު، މެދުނުކެނޑި ލޭފައިބަމުން ދާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު އީސާގެފާނުގެ ފަހަތްޕުޅުން އައިސް އެކަލޭގެފާނުގެ ހެދުންކޮޅުގެ އަރިމަތީގައި އަތްލިއެވެ.


އަދި އެދުވަހު އެތައްބައެއްގެ ބަލި ހެޔޮ ވެގެން ވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްވެފައިވާ މީސްތަކުންނާއެކު ބައެއް ބަލި މީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލުމަށްޓަކާ އެކަކު އަނެކަކު ކޮށްޕަމުން ކުރިއަށް ދެވޭތޯ ބެލިއެވެ.


އީސާގެފާނު މި ކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ކަނބުލޭގެ ބަލި ފަސޭހަވެފައި ތިޔަވަނީ ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން. ސުލްޙަވެރި ކަމާއެކުގައިދޭ. އަދި އެ އުނދަގުލުން ތިޔަ ވަނީ މިނިވަންކުރެވިގެން.⁠“


އީސާގެފާނު ހަމަ އެވަގުތުމެ އެތައް ބައެއްގެ ބަލިތައް ފަސޭހަކޮށް ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައިވާ މީހުން ރަނގަޅު ކުރައްވާ ލޯއަނދިރި މީހުންގެ ލޮލަށް އަލިކަން ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ