Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:27 - ކިތާބުލް މުޤައްދަސާ

27-28 މިކަނބުލޭގެއަށް އީސާގެފާނުގެ ޚަބަރު ލިބިފައިވުމުން، އެކަލޭގެފާނުގެ ފަހަތްޕުޅުން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން އައެވެ. ”⁠އެކަލޭގެފާނު ހަށިކޮޅުގައިވާ ހެދުންކޮޅުގައި ކިރިޔާ އަހަރެންގެ އަތް ބީހިލެވުނަސް، އަހަރެންގެ މި ބަލި ފަސޭހަވެދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:27
7 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅުގެ ކައިރިފަށުގައި އަތްލުމަށް އެދި އާދޭސް އެބައިމީހުން ދެންނެވިއެވެ. އަދި އެކަލޭގެފާނުގެ ރިދާ ކޮޅުގައި އަތްލި ކޮންމެ މީހެއްގެ ބަލި ފަސޭހަވެ ދިޔައެވެ.


އެތައް ބޭސްވެރިންނެއް މި ކަނބުލޭގެއަށް ފަރުވާ ކުރިމެއެވެ. އަދި މިކަނބުލޭގެ އަތުގައި ވީހާ ތަކެއްޗެއް މި ބައްޔަށް ފަރުވާ ކުރުމުގައި ހޭދަކޮށްފައިވެއެވެ. ނަމަވެސް ބޭސްވެރިންގެ އެހީތެރިކަމުން މި ކަނބުލޭގެއަށް ދިމާވެފައިވާ ބަލި ފަސޭހަވުމުގެ ބަދަލުގައި އެ ބޭސްވެރިންގެ ފުށުން މި ކަނބުލޭގެއަށް އިތުރު ވޭން ލިބި އިހުނަށް ވުރެން ބަލި ޙާލަތު ބޮޑުވެގެން ވިއެވެ.


ހަމައެހެންމެ އީސާގެފާނު ވަޑައިގެންނެވި ކޮންމެ ތަނެއްގައާއި ކޮންމެ އަވަށެއްގައާއި އަދި ކޮންމެ ރަށަކުން ބަލިމީހުންތައް މައިދާންތަކަށާއި މަގުތަކަށް ނެރެ ބައިތިއްބައެވެ. އަދި ބަލި މީހުންތައް އެކަލޭގެފާނުގެ ރިދާކޮޅުގެ ކައިރިފަށުގައި ކިރިޔާ އަތްލެވޭނެ ގޮތް މެދުވެރިކޮށް ދިނުން އެދި ވެސް އާދޭސް ދަންނަވަމުން ގެންދިޔައެވެ. މިގޮތުން އެކަލޭގެފާނުގެ ރިދާކޮޅުގައި އަތްލެވުނު ކޮންމެ މީހެއްގެ ބަލި ހެޔޮވެގެން ދިޔައެވެ.


އެހެން ކަމުން އޭނާގެ ގައިގައި ބީހިފައިވާ ރުމާލެއް ނުވަތަ ފޮތިކޮޅެއް ވިޔަސް ބަލި މީހުންގެ ގައިގައި އެޅުމުން އެމީހުންގެ ބަލި ފިލައި ރަނގަޅުވަމުން ދިޔައެވެ. އަދި އެމީހެއްގެ ކިބައިގައި ނުބައިރޫޙެއް ވާނަމަ އެ ރޫޙެއް ވެސް އެމީހަކު ދޫކޮށް ވަގުތުން ދެއެވެ.


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ ބަލިތައް ފަސޭހަ ކުރަމުން ދިޔުމުގެ ސަބަބުން މީސްތަކުން އެމީހުންގެ ތެރޭގައިވާ ބަލިމީހުން އެނދުއެނދަށާއި އަށިގަނޑުތަކަށް ލައިގެން ގެނެސް މަގުމަތީގައި ބައިތިއްބިއެވެ. އެއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕަތަރަސް އެހެން ލައިގެން ދާއިރު، އެބަލި މީހުންގެ މައްޗަށް އޭނާގެ ހިޔަނި އެޅިއްޖެ ނަމަވެސް އެމީހުންގެ ބަލިތައް ފަސޭހަވާނެ ކަމުގެ އުންމީދުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ