މަރުކުސް 5:24 - ކިތާބުލް މުޤައްދަސާ24 ދެން އީސާގެފާނު އޭނާއާއިއެކުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އެއްވެފައިވާ މީސްތަކުންގެ ގިނަކަމާއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން އެމީހުން އައުމުގެ ސަބަބުން މުޅިތަނުގައި މީހުންތައް ފުރިބާރުވެ ކުރިއަށް ވަޑައިގަތުން ވަނީ ދަތިފުޅުވެފައެވެ. အခန်းကိုကြည့်ပါ။ |
އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.
އީސާގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެގެއާއި ވަރަށް ކައިރިވެ ވަޑައިގެންފައި ވަނިކޮށް މި ރޯމުގެ ސިފައިންގެ މީހާ އޭނާގެ އެކުވެރިންގެ ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް މިފަދައިން ދެންނެވުމަށް ފޮނުއްވިއެވެ. ”މާތްސާހިބާ. ކަލޭގެފާނު އަޅުގަނޑަށްޓަކައި ތިޔަވަރުގެ ބުރައެއް އުފުއްލަވަން ނޫޅުއްވާ. އަޅުގަނޑަކީ ތިޔަވަރުގެ ޝަރަފެއް ޙައްޤުވާ ވަރުގެ ރަނގަޅު މީހަކީމެއް ނޫން. އަދި އަޅުގަނޑަކީ އަޅުގަނޑުގެ ގެއަށް ކަލޭގެފާނު ވަޑައިގަތުމުގެ ޤަދަރު ލިބުން އެކަށީގެންވާ މީހެއް ވެސް ނޫން.
އެއީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭރު ވަނީ މަރަށް ހާޒިރުވެފައެވެ. އެކުއްޖާއަކީ އުމުރުން ގާތްގަނޑަކަށް ބާރަ އަހަރުގެ ކުއްޖެކެވެ. އީސާގެފާނު މިމީހާއާއިއެކު ވަޑައިގަންނަވަނިކޮށް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން ފިތި ބާރުވީ ވަރުން އެކަލޭގެފާނަށް ހިނގައި ވަޑައިގަތުމަށް ވެސް ދަތިފުޅުވެ ވަޑައިގެންނެވިއެވެ.