Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:22 - ކިތާބުލް މުޤައްދަސާ

22-23 އެ ހިނދު ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިއަކު އެތަނަށް އައެވެ. އޭނާއަށް އީސާގެފާނު ފެނުމާއެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެންދަރިފުޅު ވަނީ މަރުގެ ތުންފަތްމަތީގަ. އާދޭސްކޮށް ދަންނަވަން. އަޅުގަނޑާއެކުގައި ހިންގަވާ. އަދި ކަލޭގެފާނުގެ އަތްޕުޅު އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އެކަނބުލޮގެ ބަލި ފަސޭހަވެ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:22
14 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.


މި އަންހެނާއަށް އޭނާއަށް މިދިމާވި ކަންތައް އެނގި، ބިރުން ފިތްކަނޑައިގެންދާ ޙާލުގައި އެކަލޭގެފާނުގެ އަރިހަށްއައިސް، ފައިންޕުޅު މައްޗަށް ވެއްޓި ކަން ހިނގިގޮތް ތެދުބަހުން ދެންނެވިއެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ޖައިރުސްގެ ގެއަށް ދެވުނު ހިނދު، މި ހިތާމައިގައި މީސްތަކުން އަޑުން އަޑުނަގާ ރޮއިހޭރެމުން ކޮޅުކޮޅު މައްޗަށް ދުވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ.


މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.⁠“


ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.⁠“


މިނުބައި ޖިންނިތަކުގެ ބާރުގެ ދަށުގައި އެމީހާ ވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. މީހުން އޭނާ ހިފަހައްޓައިގެން ގެންގުޅުމަށް ވަނީ އެތައް މަސައްކަތެއް ވެސް ކޮށްފައެވެ. އޭނާގެ އަތާއި ފައިގައި ހިލިހިލާ ވެސް ޖެހިއެވެ. ނަމަވެސް އެޖިންނީންގެ ބާރުން އޭނާ އެހުރިހާ ހިލިހިލާތައް ވެސް ކަނޑާ ހަލާކުކޮށްލައެވެ. ދެން އަނެއްކާ ވެސް އެޖިންނިތައް އޭނާ މީހުން ނޫޅޭ ހިސާބުގަނޑަށް ދިއުމަށް މަޖުބޫރުކޮށް ފޮނުވާލައެވެ. އީސާގެފާނު އެޖިންނިތަކަށް އޭނާ ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. އޭނާއަށް އީސާގެފާނު ފެންނަ އިރަށް ހަޅޭއްލަވަމުން އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓުނެވެ. ދެން އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ބުންޏެވެ. ”⁠އެންމެމަތިވެރިކަލާނގެ ދަރިކަލުން އީސާގެފާނު! ކަލޭގެފާނު އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް؟ އަހަރެން އާދޭސްކޮށްފަބުނަން. އަހަންނަށް އަނިޔާ އެއް ނުދޭތި.⁠“


ތައުރާތުގައިވާ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވި ބަސްފުޅުތައް ކިޔަވާ ނިމުމުން އެ ދީނީ މަރުކަޒުގެ ބޮޑުން މީހަކު ފޮނުވާ ބަރުނައްބާސް އާއި ޕައުލް އަށް ބުންޏެވެ. ”⁠އަޚުންނޭ، މިތާނގައި މިވާ މީސްތަކުންނަށް ހިތްވަރު ލިބޭނެ ފަދަ އެމީހުންގެ އީމާން ކަން އިތުރު ވުމަށް ހިތްވަރު ލިބޭނެ ފަދަ ޚަބަރެއް، ބަހެއްވާނަމަ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދައްކާ ބުނެދީ.⁠“


ދެން އެމީހުން ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި ސޮސްތީނު ހިފައި ހައްޔަރުކޮށް އެ ކޯޓުގެ ކުރިމަތީގައި އޭނާ ގައިގައި ތަޅާ އަނިޔާ ކުރިއެވެ. ނަމަވެސް ގާލިއޯ އޭގެން އެއްވެސް ކަމަކާ އަޅާ ވެސް ނުލިއެވެ.


މި ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި މީހާގެ ނަމަކީ ކުރިސްޕުސް އެވެ. އޭނާ އާއި އޭނާގެ ގޭގެ އެންމެން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އަދި މީގެ އިތުރުން ވެސް ކޮރިންތުގެ އެތައް ބަޔަކު މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަހާ ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ.


އަހަރެން ޔޫޙަންނާ، މި އެންމެހާ ވާހަކަތައް އަޑު އަހައި އަދި މި އެންމެހާ ކަންތައްތައް ދުށީމެވެ. އަދި މިކަންތައްތަކުގެ އަޑު އަހަރެން އަހައި އެ ހުރިހާ ކަމެއް އަހަރެންނަށް ފެނި ނިމުމަށް ފަހު މި ހުރިހާ ކަންތައްތައް އަހަރެންނަށް ދެއްކެވި އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ