Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:21 - ކިތާބުލް މުޤައްދަސާ

21 އީސާގެފާނު ދޯނީގައި އަނބުރާ ކަނޑު ހުރަސް ކުރައްވައި އަނެއް ފަރާތަށް ވަޑައިގެންނެވިއެވެ. އަދި ދޯނިން ފައިބައި ވަޑައިގަންނަވާ ކަނޑުގެ އައްސޭރިފަށުގައި ހުންނެވި ހިނދު އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:21
5 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ދޯންޏަށް އަރާވަޑައިގެން ކަނޑު ހުރަސްކުރެއްވުމަށް ފަހު، އެކަލޭގޭފާނު ދިރިއުޅުއްވާ އަވަށަށް ވަޑައިގަތެވެ.


ކަނޑުގެ އައްސޭރި ފަށުގައި އީސާގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. އެއްވެފައިވާ މީސްތަކުންގެ އަދަދު ގިނަ ވުމުގެ ސަބަބުން އެކަލޭގެފާނު އެތަނުގައި އޮތް ދޯންޏަކަށް އަރާވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ.


އޭރު އެކަލޭގެފާނު އިންނެވީ ދޯނީގައެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން މީސްތަކުންނާ އެކަހެރިވެ އެކަލޭގެފާނު އިންނެވި ދޯންޏަށް އަރާ ފުރިއެވެ. އަދި އެތަނުގައި ހުރި އެހެނިހެން ދޯނިފަހަރު ވެސް އެބޭކަލުންގެ ފަސްފަހަތުން ދިޔައެވެ.


އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ތަނާހެން އެތަނުގައި ހުރި ގަބުރުސްތާނުގެ ތެރެއިން ނުކުމެގެން އައި މީހަކާ އެކަލޭގެފާނާއި ދިމާވިއެވެ. މި މީހާއަށް ޖިންނި އަވަލައިފައި ވުމުން ދިރިއުޅެމުން ގެންދަނީ މަހާނަތަކުގެ ތެރޭގައެވެ. ބިޑިއަޅުވައި ހިލިހިލާ ޖަހައިގެން ވެސް މީސްތަކުންނަށް އޭނާ ހިފެހެއްޓިފައި ނުވެއެވެ.


އީސާގެފާނު އެނބުރި ގަލީލީއަށް ވަޑައިގެންނެވިއިރު މީސްތަކުންގެ ބޮޑުބައިގަނޑެއް އެކަލޭގެފާނާއި ބައްދަލުވުމަށް އެތަނަށް އައިސް ތިއްބެވެ. މިބައިމީހުން އެކަލޭގެފާނަށް މަރުޙަބާ ކިޔެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ