Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:2 - ކިތާބުލް މުޤައްދަސާ

2-3 އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ތަނާހެން އެތަނުގައި ހުރި ގަބުރުސްތާނުގެ ތެރެއިން ނުކުމެގެން އައި މީހަކާ އެކަލޭގެފާނާއި ދިމާވިއެވެ. މި މީހާއަށް ޖިންނި އަވަލައިފައި ވުމުން ދިރިއުޅެމުން ގެންދަނީ މަހާނަތަކުގެ ތެރޭގައެވެ. ބިޑިއަޅުވައި ހިލިހިލާ ޖަހައިގެން ވެސް މީސްތަކުންނަށް އޭނާ ހިފެހެއްޓިފައި ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:2
13 ပူးပေါင်းရင်းမြစ်များ  

ކުއްލިއަކަށް ނުބައި ރޫޙެއް އަވަލާފައިވީ ފިރިހެނަކު ދީނީ މަރުކަޒުގެ ތެރެއަށް އައިސް ހަޅޭލަވަން ފެށިއެވެ.


އެވަގުތު ނުބައި ރޫޙުގެ ސަބަބުން އެ ފިރިހެނާ އިދިފުށަށް ދަމަންފެށިއެވެ. އަދި ބާރު އަޑުފަށްގަނޑަކާއެކު އެ ފިރިހެނާ ދޫކޮށް ހިނގައްޖެއެވެ.


އީސާގެފާނު މިފަދައިން ވިދާޅުވި ސަބަބަކީ މީސްތަކުންގެ ތެރެއިން ބަޔަކު އެކަލޭގެފާނާއި މުޚާތަބުކުރައްވާ އެކަލޭގެފާނަށް ނުބައި ރޫޙެއްގެ ބާރު ލިބިވަޑައިގެންފައިވާ ކަމުގައި ބުނުމުންނެވެ.


މީސްތަކުން ގިނަވެ ތޮއްޖެހުނު ހިނދު އެކަލޭގެފާނަށް ދޯނި ތައްޔާރު ކޮށްދެއްވުމަށް އެދި އަސްޙާބީންނަށް ވިދާޅުވިއެވެ. އެއީ މީސްތަކުން އެތަނުގައި ފިތިބާރުވެފައިވުމުން ދުރުގައި ހުންނެވުމަށެވެ.


ކަނޑުގެ އައްސޭރި ފަށުގައި އީސާގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. އެއްވެފައިވާ މީސްތަކުންގެ އަދަދު ގިނަ ވުމުގެ ސަބަބުން އެކަލޭގެފާނު އެތަނުގައި އޮތް ދޯންޏަކަށް އަރާވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ.


އޭރު އެކަލޭގެފާނު އިންނެވީ ދޯނީގައެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން މީސްތަކުންނާ އެކަހެރިވެ އެކަލޭގެފާނު އިންނެވި ދޯންޏަށް އަރާ ފުރިއެވެ. އަދި އެތަނުގައި ހުރި އެހެނިހެން ދޯނިފަހަރު ވެސް އެބޭކަލުންގެ ފަސްފަހަތުން ދިޔައެވެ.


އީސާގެފާނު ދޯނީގައި އަނބުރާ ކަނޑު ހުރަސް ކުރައްވައި އަނެއް ފަރާތަށް ވަޑައިގެންނެވިއެވެ. އަދި ދޯނިން ފައިބައި ވަޑައިގަންނަވާ ކަނޑުގެ އައްސޭރިފަށުގައި ހުންނެވި ހިނދު އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވިއެވެ.


މި މީހާ އެކަލޭގެފާނަށް މިފަދައިން ދެންނެވި ސަބަބަކީ އީސާގެފާނު މިފަދައިން ވިދާޅުވުމުންނެވެ. ”⁠ނުބައިވެގެންވީ ރޫޙާ، އޭނާގެ ހަށިގަނޑުން ނުކުމޭ!⁠“


އީސާގެފާނު ހުންނެވި ޚަބަރު އިވި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ އަންހެން ކުއްޖެއްގެ މަންމަ އެކަލޭގެފާނުގެ އަރިހަށް އައިސް ހަމައެ ހިނދު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ.


އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ. އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ.


އެކުއްޖާ އީސާގެފާނުގެ އަރިހަށް އައިސް ހުއްޓާ ވެސް ޖިންނި އޭނާ ހޭނައްތާ ވައްޓާލުމުން އެކުއްޖާގެ ދަތްޕިލާޖެހި އަނގައިން ފޮނުއެރިއެވެ. ނަމަވެސް އީސާގެފާނު އެ ޖިންނިއަށް ރައްކާވެ ދިއުމަށް އަމުރު ކުރެއްވިއެވެ. އަދި އެކުއްޖާ ރަނގަޅުކޮށް އޭނާގެ ބައްޕަ އާއި ހަވާލުކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ