Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:15 - ކިތާބުލް މުޤައްދަސާ

15 އަދި އެބައިމީހުންނަށް އީސާގެފާނު ހުންނެވި ހިސާބަށް އާދެވުނު އިރު ޖިންނިތަކުގެ ޝިކާރައަކަށްވެ މޮޔަވެފައިވީ މީހާ އޭނާގެ ޢައުރަ ނިވާކޮށްގެން، ސަލާމަތް ބުއްދީގައި ހެޔޮޙާލުގައި، އެތަނުގައި އިންތައް ފެނި އެބައިމީހުން ބިރުގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:15
21 ပူးပေါင်းရင်းမြစ်များ  

ބާރު ގަދަ މީހެއްގެ ގެއަށް ވަދެ އޭނާގެ މުދާތައް ގެންދިއުމަށް މީހަކު އެދޭނަމަ ފުރަތަމަ ޖެހޭނީ އެ ގަދަފަދަ މީހާ ބަންނަން. އޭގެފަހުން އޭނާގެ ގޭގައި ހުރި މުދަލާއި ތަކެތި ގެންދެވިދާނެ.


އަހަރެންގެ ބައްޕާފުޅަށް އަހަރެން އެދި ދަންނަވައިފިނަމަ މަލާއިކަތުންގެ ބާރަ ލަޝްކަރު އަހަރެންނަށް ދެއްވާނެކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވޭނެ.


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


ޖިންނިއަށް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދިއުމަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. އަދި އެ ހިނދު އެމީހާއަށް ވާހަކަ ދެކެވެން ފެށިއެވެ. އެތާ ތިބި އެންމެން ހައިރާންވެފައި ބުންޏެވެ. ”⁠މިފަދަ ކަމެއް މީގެ ކުރިން ބަނީއިސްރާއީލުންގެ ތެރެއިން ފެނިފައިނުވޭ.⁠“


އޫރުތައް ބަލަހައްޓާ މީހުންނަށް މިތަންފެނި ދުވެފައިގޮސް ރަށުތެރެއަށް އަރައި އަދި އެހިސާބުގެ އަވަށްތަކަށް މިޚަބަރު ދީފިއެވެ. އެއާއެކު މި ވަނީ ކޮންކަމެއްތޯ ބެލުމަށް މީސްތަކުން އެތަނަށް އެއްވިއެވެ.


މި ހިނގާދިޔަ ކަންތައްތައް ލޮލުންދުށް މީހުން ޖިންނި މޮޔަވެފައިވީ މީހާ އާއިމެދުގައި ކަންތައްވީ ގޮތާއި އަދި އޫރުތަކަށް ދިމާވި ގޮތް މީސްތަކުންނަށް ކިޔައި ދިނެވެ.


އީސާގެފާނު އެތަނުން ވަޑައިގެން ދޯންޏަށް އަރާ ވަޑައިގެންނެވި ހިނދު ޖިންނިއަވަލީ މީހާ އެކަލޭގެފާނާއެކު އޭނާ ވެސް ގެންދިއުމަށް އެދި އާދޭސް ކުރަމުން ދިޔައެވެ.


އެތައް ފަހަރަކު އޭނާގެ ފައިގަ އާއި އަތުގައި ބިޑިއަޅުވައި ހިލިހިލާ ޖެހިފައި ވެއެވެ. އެހެނަސް އެހުރިހާ ފަހަރަކު ވެސް އޭނާގެ ހަތަރެސްފައިގައި ޖެހިފައިވާ ދަގަނޑު ބޮޅުތަކުގެ ބިޑިއާއި ހިލިހިލާ އޭނާ ހަލާކު ކޮށްލައެވެ. މީސްތަކުންނަށް މި މީހާ ހިފަހައްޓައިގެން ނުގެންގުޅެވެނީ މިމީހާއަށް ކުރިމަތިވާ ބާރަކުންނެވެ.


އެއަށް ފަހު އީސާގެފާނު އެމީހާއަށް ސުވާލު ކުރެއްވިއެވެ. ”⁠ކަލޭގެ ނަމަކީ ކޮބާ!⁠“ އޭނާ (އެ ނުބައި ރޫޙު) ޖަވާބުދިނެވެ. ”⁠ލަޝްކަރު، ސަބަބަކީ މި ފިރިހެނާގެ ހަށިގަނޑު ތެރޭގައި އެތައް ބައިވަރު އަހަރެމެންގެ މީހުން ހިމެނިގެންވޭ!⁠“


މި މަރުތާގެ މަރިޔަމް އޭ ކިޔާ ކޮއްކޮ އަކު ވިއެވެ. އޭނާ މާތްސާހިބާގެ ކައިރީ އިށީނދެ އެކަލޭގެފާނުގެ ބަސްފުޅުތައް ކަނުލާ އަޑުއަހަން އިނެވެ.


އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ. އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ.


ޝައިތާނާގެ އަނދިރި ބާރުތަކުން އަހަރެމެން ސަލާމަތްކޮށް ދެއްވައި އެކަލާނގެ ލޮބުވެތި ދަރިކަލުންގެ ރަސްކަންފުޅަށް އެކަލާނގެ އަހަރެމެން ގެނެސްދެއްވިއެވެ.


އަހަރެމެން ބިރުވެތިވެ ފިނޑިވުމަކަށް މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަކަށް ނުދެއްވައެވެ. އެހެނަސް އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވީ ބާރާ، ލޯތްބާއި ނަފްސު ތަރުބިއްޔަތު ކޮށްދެއްވުމަށެވެ.


ޞަމޫއީލްގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ބައިތުލަޙަމަށް ވަޑައިގަތުމުން ބައްދަލު ކުރުމަށް ދިޔަ އެރަށުގެ ބޮޑުން ބިރުން ތުރުތުރުލައިގަތެވެ. ”⁠ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ އަމާންކަން މަތީގައި ތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ