މަރުކުސް 5:14 - ކިތާބުލް މުޤައްދަސާ14 އޫރުތައް ބަލަހައްޓާ މީހުންނަށް މިތަންފެނި ދުވެފައިގޮސް ރަށުތެރެއަށް އަރައި އަދި އެހިސާބުގެ އަވަށްތަކަށް މިޚަބަރު ދީފިއެވެ. އެއާއެކު މި ވަނީ ކޮންކަމެއްތޯ ބެލުމަށް މީސްތަކުން އެތަނަށް އެއްވިއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެ ޖިންނިތަކަށް ހުއްދަ ދެއްވުމުން އެ ފިރިހެނާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދުވެ ގޮސް އެ އޫރުތަކުގެ ތެރެއަށް ވަދެގެންފިއެވެ. އެ ހިނދު އެ އޫރު އައިނުގައި ވީ ދެހާހެއްހާ އޫރު ކުއްލިއަކަށް އުސްބިމުގެ މަތިން ދުވެފައި ގޮސް ތިރީގައި އޮތް ކަނޑުގެ ތެރެއަށް ފުންމާލައިފިއެވެ. އަދި ހުރިހާ އޫރެއް ގެނބި މަރުވިއެވެ.