Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 5:13 - ކިތާބުލް މުޤައްދަސާ

13 އީސާގެފާނު އެ ޖިންނިތަކަށް ހުއްދަ ދެއްވުމުން އެ ފިރިހެނާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދުވެ ގޮސް އެ އޫރުތަކުގެ ތެރެއަށް ވަދެގެންފިއެވެ. އެ ހިނދު އެ އޫރު އައިނުގައި ވީ ދެހާހެއްހާ އޫރު ކުއްލިއަކަށް އުސްބިމުގެ މަތިން ދުވެފައި ގޮސް ތިރީގައި އޮތް ކަނޑުގެ ތެރެއަށް ފުންމާލައިފިއެވެ. އަދި ހުރިހާ އޫރެއް ގެނބި މަރުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 5:13
12 ပူးပေါင်းရင်းမြစ်များ  

ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.⁠“


އެ ޖިންނިތަކަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. ”⁠ދޭ!⁠“ ދެން އެ ޖިންނިތައް އެމީހުންގެ ހަށިގަނޑުން ނުކުމެގެން ގޮސް އެ އޫރު ބައިގަނޑުގެ ތެރެއަށް ވަނެވެ. އެ ހިނދު އެ އޫރު ބައިގަނޑު އުސްކޮށް އޮތް ފަސްގަނޑުގެ މަތީން ތިރިއަށް ދުވަމުންގޮސް ކަނޑަށް ވެއްޓި ގެނބި މަރުވިއެވެ.


އެހެންވެ، މި ޖިންނިތައް އީސާގެފާނަށް އާދޭސްކޮށް ބުނަމުން ދިޔައެވެ. ”⁠އަހަރެމެން އެ އޫރުތަކުގެ ތެރެއަށް ފޮނުއްވާ، އަދި އެ ތަކެތީގެ ތެރެއަށް އަހަރެމެން ވަނުމަށް ހުއްދަ ދެއްވާ.⁠“


އޫރުތައް ބަލަހައްޓާ މީހުންނަށް މިތަންފެނި ދުވެފައިގޮސް ރަށުތެރެއަށް އަރައި އަދި އެހިސާބުގެ އަވަށްތަކަށް މިޚަބަރު ދީފިއެވެ. އެއާއެކު މި ވަނީ ކޮންކަމެއްތޯ ބެލުމަށް މީސްތަކުން އެތަނަށް އެއްވިއެވެ.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


އަލްމަސީޙު މިހާރު ވަޑައިގެން ވަނީ ސުވަރުގޭގައެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި މަތިވެރި ކަމާއެކުގައި ވަޑައިގެން ވެއެވެ. އަދި އެންމެހާ މަލާއިކަތުންނާއި އެންމެހާ ބާރުވެރި ފަރާތްތަކެއްގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން ލިބިގެން ވަނީ އެކަލޭގެފާނަށެވެ.


އެއްހާސް އަހަރު ނިމުމަށް ފަހު، ޝައިތާނާ ހުރަގެއިން މިނިވަން ކުރެވިގެންވާނެއެވެ.


އެތަކެތީގެ މައްޗަށް ވެރިކަން ހިންގާ ރަސްކަލަކު ވިއެވެ. އެ ރަސްގެފާނީ ފޫނެތް ފުން ވަޅުގަނޑުގެ އިސްވެރިއެއްގެ ގޮތުގައިވި މަލާއިކަތާ ވެސް މެއެވެ. ޢިބްރާނީ ބަހުން އެ މަލާއިކަތާގެ ނަމަކީ އަބައްދޫން އެވެ. ގުރީކު ބަހުން އަޕައްލިޔޯން އެވެ. މީގެ މާނައަކީ ”⁠ފަނާކުރާ މީހާ⁠“ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ