Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:8 - ކިތާބުލް މުޤައްދަސާ

8 އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި ގޮވާން ލިބުނު. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:8
21 ပူးပေါင်းရင်းမြစ်များ  

އެބިމުގައި އިސްޙާޤުގެފާނު ގޮވާން އިންދެވިއެވެ. އެއަހަރު އެކަލޭގެފާނުގެ އިންދެވި ގޮވާމުން ސަތޭކަ ބައި އިތުރަށް ލިބިވަޑައިގަތެވެ. މާތްރަސްކަލާނގެ އެކަލޭގެފާނަށް ރަޙުމަތާއި ބަރަކާތް ލެއްވިއެވެ.


ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.⁠“


އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި އެގަސްތަކުން ގޮވާން ލިބުނު. މި ގަސްތަކުން ތިރީސް ނޫނީ ފަސްދޮޅަސް ނޫނީ ސަތޭކަ ގުނަ އިތުރަށް ރަނގަޅު އޮށްތައް ލިބުނު.


އެހެނަސް އަނެއްބައި މީހުންނަކީ ބިމުގައިވާ ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު އޮށްތައް ފަދަ ބައެއް. އެބައިމީހުން މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި ބަލައިގަންނަ، މާތްރަސްކަލާނގެ ބަސްފުޅާމެދު ސާބިތުވެ ތިބި ރަނގަޅު ގޮވާން ލިބޭ ފަދަ ބައެއް. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.⁠“


އަދި ބައެއް އޮށް ކަށި ގަސްތަކުގެ ތެރެއަށް އެޅުނު. މި އޮށްތަކުން ގަސްފެޅި ނަމަވެސް މި ގަސްތަކުގެ ވަށައިގެންވީ ކަށިގަސްތަކުގެ ދަށުވެ ފިތިގެން ގޮވާން އަޅާނެ ގޮތެއް ނުވި.


އަދި އީސާގެފާނުގެ ބަސްފުޅު ނިންމަވައި ލެއްވީ މިފަދައިންނެވެ. ”⁠ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!⁠“


ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“


އަދި އޭގެތެރެއިން ބައެއް އޮށް ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު. އަދި މިއޮށްތަކުން ފެޅި ގަސްތަކުން ސަތޭކަ ގުނައަށް އިތުރު ރަނގަޅު އޮށް ލިބުނު.⁠“ އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠ފަހެ ކަލޭމެންގެ ތެރެއިން ކަންފަތް ހުރި މީހަކު ނަމަ މި ވާހަކަ އަޑުއަހާ ވިސްނާ.⁠“


އަހަރެން މީ މޭބިސްކަދުރު ވެޔޮ. ކަލޭމެންނީ އެވެލުގެ ގޮފިތައް. އަހަރެންނާއި ގުޅިފައިވާ މީހުން ކިބައިން އެތައް މޭވާއެއް ލިބޭނެ. ނަމަވެސް އަހަރެންނާއި ގުޅިފައި ނުވާ މީހުން ކިބައިން އެއްވެސް މޭވާއެއް ނުލިބޭނެ.


މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް އެނގިގެންދާނެ.


ތިސަލޯނިކާގައި ވީ ބަނީއިސްރާއީލު މީހުންނަށް ވުރެ މި ރަށުގައި ވީ ބަނީއިސްރާއީލު މީހުންގެ އަދަބާ އަޚުލާގު މާ ރަނގަޅެވެ. އެއީ އެމީހުން ޕައުލް އަންގާދެމުން ދިޔަ ބަސްތައް ވަރަށް ޝައުޤުވެރިކަމާއި އެކު ކަނުލާ އަޑުއަހާ އަދި ކޮންމެ ދުވަހަކު މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްކޮޅު ކިޔާ ޕައުލް އެ ބުނާ ބަސްތަކަކީ ތެދުތޯ ބަލާ ހޯދާ ވެސް ހެދިއެވެ.


މުޅި އެ ޢިމާރާތުގެ އެކިއެކި ބައިތައް އަލްމަސީޙާއި ގުޅި ލާމެހި އެއްބައިވަންތަކަމުގައި ވެއެވެ. އަދި އެކަލޭގެފާނުގެ ސަބަބުން މި ޢިމާރާތް ހެދި ބޮޑުވެ މުޤައްދަސް ބިނާއެއްގެ ގޮތުގައި މާތްސާހިބާއަށް ހުށަހެޅިގެންވެއެވެ.


ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ.


ތިޔަބައިމީހުންނަށް ލިބިދިން މި ހެޔޮޚަބަރުފުޅު މުޅިދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދެއެވެ. އަދި އެއިން މޭވާއަޅާ އެމޭވާއިން މީހުންގެ ދިރިއުޅުން ބަދަލުކުރެއްވެއެވެ. އެއީ އެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ފުރަތަމަ އަޑުއިވި މާތްރަސްކަލާނގެ އަޖައިބުކުރުވަނިވި ނިޢުމަތަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގުނު ދުވަހުން ފެށިގެން ތިޔަބައިމީހުންގެ ދިރިއުޅުން ވެސް އެހެޔޮޙަބަރުފުޅު ބަދަލުކުރެއްވި ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ