ހެނދުނު އިރު އެރުމާއި އެކު އެކަލާނގެ އަމުރުފުޅަށް ހޫނު ގަދަވެ އިރުމަތީ ފަރާތުން ހޫނު ވައެއް އަތުވެއްޖެއެވެ. މި އައި ގަދަ ދިލަހޫނު އަވި އެކަލޭގެފާނުގެ އިސްތަށިފުޅަށް އެޅި އެކަލޭގެފާނު އަނބުރައިގަންނަ ވަރުވެއްޖެއެވެ. ދެން އެކަލޭގެފާނު މަރަށް ތައްޔާރުވެ ވަޑައިގަތެވެ. އެކަލޭގެފާނު ދުޢާ ދެންނެވިއެވެ. ”މިގޮތުގައި ދިރިހުރުމަށް ވުރެން އަޅުގަނޑުގެ ފުރާނަ ގެންދެވުން ވެސް މާ ހެޔޮ.“