Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:38 - ކިތާބުލް މުޤައްދަސާ

38 އެ ހިނދު ދޯނީގެ ކޮޅުފަސްކޮޅުގައި އޮތް ބާލީހެއްގައި ބޯއަޅުއްވައިގެން އީސާގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނު އަވަހާރުފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، އަޅުގަނޑުމެން މަރުވެ ދިޔަސް ސާހިބާ އަޅާނުލައްވާނުތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:38
22 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް.


އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އަވަހާރަފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“


ކުއްލިއަކަށް ވަރަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވި އެވެ. ނަގާ ބިޔަ ރާޅުތައް ދޯންޏަށް އަރަން ފަށައިފިއެވެ. މުޅި ދޯނި ވަނީ ދިޔަ ބޮޑުވެފައެވެ.


އީސާގެފާނު ތެދުވެ ވަޑައިގެން އެ ގަދަ ކޮޅިގަނޑު މަޑުވުމަށް އަމުރު އަމުރުކުރެއްވިއެވެ. އެ ހިނދު ވަޔާއި ކަނޑު އިހުނެކޭ ވެސް އެއްގޮތަށް ހަނުހިމޭން ވިއެވެ.


އަސްޙާބީން އީސާގެފާނަށް ގޮވައި ހޭފުޅުލައްވައި އެކަލޭގެފާނަށް ދެންނެވި އެވެ. ”⁠ސާހިބާ، ސާހިބާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“ އީސާގެފާނު ތެދުވެ ވަޑައިގެން ޖެހެމުން ދިޔަ ގަދަ ވަޔަށާއި ބޮޑެތި ބިޔަ ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވި އެވެ. ހަމަ އެވަގުތު ވައިގަނޑު މަޑުވެ ރާޅުތައް ހިނދި ކަނޑު އިހު އޮތް ފަދައިން މަޑުވެއްޖެއެވެ.


ޔަޢުޤޫބުގެފާނު ބެހެއްޓެވި ވަޅު ވެސް އެތާނގައިވިއެވެ. އީސާގެފާނު ދަތުރު ވަރުބަލިފުޅު ވެފައި ހުންނެވުމުގެ ސަބަބުން އެ ވަޅުގެ ކައިރީގައި އިށީނދެ ވަޑައިގެންނެވިއެވެ. އޭރު ގަޑިން ގާތްގަނޑަކަށް މެންދުރު ބާރަ ޖަހާފާނެއެވެ.


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ތިޔަބައިމީހުންގެ އެންމެހާ ފިކުރުތައް އެކަލާނގެއަށް ހުށަހަޅާށެވެ. ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި މެދު އަޅާލުން ބަހައްޓަވާކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ