Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:37 - ކިތާބުލް މުޤައްދަސާ

37 ކުއްލިއަކަށް ވަރަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވި އެވެ. ނަގާ ބިޔަ ރާޅުތައް ދޯންޏަށް އަރަން ފަށައިފިއެވެ. މުޅި ދޯނި ވަނީ ދިޔަ ބޮޑުވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:37
11 ပူးပေါင်းရင်းမြစ်များ  

ކަނޑު ދެބައި ނުވަނީސް މާތްރަސްކަލާނގެ އަމުރުފުޅަށް ގަދަފަދަ ވައިރޯޅިއެއް އައިސް ކަނޑު ގަދަކޮށްލައިފިއެވެ. އިސާހިތަކު އޮޑިއަށް ނުކަތާ ވަރުވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އޮޑި ފުނޑުފުނޑުވެ ޣަރަގުވެދާނެ ހެންނެވެ.


އޭރު އެކަލޭގެފާނު އިންނެވީ ދޯނީގައެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން މީސްތަކުންނާ އެކަހެރިވެ އެކަލޭގެފާނު އިންނެވި ދޯންޏަށް އަރާ ފުރިއެވެ. އަދި އެތަނުގައި ހުރި އެހެނިހެން ދޯނިފަހަރު ވެސް އެބޭކަލުންގެ ފަސްފަހަތުން ދިޔައެވެ.


އެ ހިނދު ދޯނީގެ ކޮޅުފަސްކޮޅުގައި އޮތް ބާލީހެއްގައި ބޯއަޅުއްވައިގެން އީސާގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނު އަވަހާރުފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، އަޅުގަނޑުމެން މަރުވެ ދިޔަސް ސާހިބާ އަޅާނުލައްވާނުތޯ؟⁠“


ނަމަވެސް އޮޑި ގޮސް އުރުނީ ކުރިމަތީގައި އޮތް ފަރެއްގެ މައްޗަށެވެ. އަދި އޮޑީގެ ދިރުނބާކޮޅު އެތާނގައި ތާށިވެ، އޮޑީގެ ކޮޅުފަސްކޮޅު ޖަހަމުން ދިޔަ ބާރު ރާޅުތަކުގެ ސަބަބުން އޮޑީގެ ކޮޅުފަސް ކޮޅު ފޫ ގޮސް، އޮޑި ފަޅަ ފަޅައިގެންދާން ފެށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ