Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:35 - ކިތާބުލް މުޤައްދަސާ

35 އެދުވަހުގެ އިރުއޮއްސެމުން އައި ހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދެންނެވިއެވެ. ”⁠މި ކަނޑު ހުރަސްކޮށް އަނެއް ފަރާތަށް ދަމާ ހިނގާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:35
11 ပူးပေါင်းရင်းမြစ်များ  

ހަމަ އެހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އަމުރުކުރެއްވި އެވެ. މީސްތަކުން ފޮނުވާލުމަށް ޓަކައި އެކަލޭގެފާނު އެތަނުގައި މަޑުކުރެއްވިއެވެ.


އީސާގެފާނަށް އެކަލޭގެފާނުގެ ވަށައިގެން ތިބި މީސްތަކުންގެ ގިނަކަން ފާހަގަ ކުރެއްވުނު ހިނދު، ކަނޑު ހުރަސްކޮށް އެ ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އެކަލޭގެފާނުގެ އަސްޙާބީންނަށް އަމުރު ކުރެއްވި އެވެ.


އީސާގެފާނު ދޯނީގައި އަނބުރާ ކަނޑު ހުރަސް ކުރައްވައި އަނެއް ފަރާތަށް ވަޑައިގެންނެވިއެވެ. އަދި ދޯނިން ފައިބައި ވަޑައިގަންނަވާ ކަނޑުގެ އައްސޭރިފަށުގައި ހުންނެވި ހިނދު އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވިއެވެ.


ވަގުތުން އީސާގެފާނު އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތުގައި ވާ ރަށެއް ކަމުގައިވާ ބެތުސައިދާ އަށް ދިއުމަށް ބާރުއެޅުއްވިއެވެ. މީސްތަކުން ފޮނުވާލުމަށްޓަކައި އެކަލޭގެފާނު އެތަނުގައި ހުންނެވީއެވެ.


މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު ކަނޑު ހުރަސް ކުރައްވާ ކަނޑުގެ އަނެއް ފަރާތަށް ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރާވަޑައިގެންނެވިއެވެ.


އެހެން ދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ގަލީލީ ކަނޑުގެ އަނެއް ފަރާތަށް ދަމާ ހިނގާ.⁠“ ދެން އީސާގެފާނު ދޯންޏެއްގައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ފުރާވަޑައިގަތެވެ.


އެވަގުތު އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ފަހެ ކަލޭމެންގެ އީމާންކަން ކޮބާ؟⁠“ އަސްޙާބީން މި ވެދިޔަ ކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ބިރުގަތެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ކޮންފަދަ އިންސާނެއް ބާ؟ އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!⁠“


ދެން މިއަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީކަނޑު، ނުވަތަ ތިބޭރިޔަސް ކަނޑުގެ އަނެއްފަރާތަށެވެ.


އެދުވަހުގެ އިރުއޮއްސި އަނދިރި ވީއިރު ވެސް އީސާގެފާނު އެމީހުންގެ ގާތަކަށް ވަޑައެއް ނުގަންނަވައެވެ. ދެން އެކަލޭގެފާނުގެ އަސްޙާބީން ދޯންޏަކަށް އަރައިގެން ކަނޑު ހުރަސްކޮށް ކަޕަރުނައުމްއަށް ދިއުމަށް ދަތުރު ފެށިއެވެ.


އެމީހުންނަށް އެކަލޭގެފާނު ކަނޑުގެ އަނެއްފަރާތު އައްސޭރީގައި ހުންނެވިތަން ފެނުމުން އެމީހުން ދަންނަވައިފިއެވެ. ”⁠އެދުރުކަލޭގެފާނު! މިތަނަށް ކަލޭގެފާނު ވަޑައިގަތީ ކޮން އިރަކުތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ