Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:20 - ކިތާބުލް މުޤައްދަސާ

20 އެހެނަސް އަނެއްބައި މީހުންނަކީ ބިމުގައިވާ ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު އޮށްތައް ފަދަ ބައެއް. އެބައިމީހުން މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި ބަލައިގަންނަ، މާތްރަސްކަލާނގެ ބަސްފުޅާމެދު ސާބިތުވެ ތިބި ރަނގަޅު ގޮވާން ލިބޭ ފަދަ ބައެއް. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:20
14 ပူးပေါင်းရင်းမြစ်များ  

އެބިމުގައި އިސްޙާޤުގެފާނު ގޮވާން އިންދެވިއެވެ. އެއަހަރު އެކަލޭގެފާނުގެ އިންދެވި ގޮވާމުން ސަތޭކަ ބައި އިތުރަށް ލިބިވަޑައިގަތެވެ. މާތްރަސްކަލާނގެ އެކަލޭގެފާނަށް ރަޙުމަތާއި ބަރަކާތް ލެއްވިއެވެ.


ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.⁠“


އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި އެގަސްތަކުން ގޮވާން ލިބުނު. މި ގަސްތަކުން ތިރީސް ނޫނީ ފަސްދޮޅަސް ނޫނީ ސަތޭކަ ގުނަ އިތުރަށް ރަނގަޅު އޮށްތައް ލިބުނު.


އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި ގޮވާން ލިބުނު. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.⁠“


ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“


ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.


އަހަރެންނާއި ގުޅިފައިވާ ގޮފިތަކުގެ ތެރެއިން މޭވާ ނާޅާ ހުރިހާ ގޮތްޕެއް އެކަލާނގެ ކަނޑުއްވާ ލައްވާނެ. އަދި މޭވާ އަޅާ ގޮފިތައް ކޮށްޓަވައި ބަލަހައްޓަވާނެ. އެއީ އެގޮފިތައް ސާފުވެ ގިނަ މޭވާ އަޅާނެ ގޮތް ވުމަށްޓަކައި.


ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.


ތިޔަބައިމީހުން މިފަދައިން ހެދި ބޮޑެތި ވަމުން ދާނަމަ މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންގެ ޙަޔާތަކީ ބޭނުންތެރި އަދި މަޢުނައިން ފުރިގެންވާ ޙަޔާތެއްގެ ގޮތުގައި ހައްދަވައި އަދި އެކަލޭގެފާނާއިމެދު ތިޔަބައިމީހުންނަށް އެނގިގެންވާ މިންވަރު ހާމަވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ