Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:2 - ކިތާބުލް މުޤައްދަސާ

2 އެބައިމީހުންނަށް މާނަފުން ވާހަކަތަކުން ވަރަށްގިނަ ކަންތައް އުނގަންނައި ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:2
15 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”⁠މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގައި ކަލޭގެފާނު މާނަފުން ވާހަކަ ބޭނުން ކުރައްވަނީ ކީއްވެތޯ؟⁠“


އަދި އެކަލޭގެފާނު ގިނަ ކަންތައްތަކެއްގެ ޚަބަރުފުޅުތައް އެބައިމީހުންނަށް މާނަފުން ވާހަކަފުޅުތަކުން އުންގަންނަވައިދެއްވިއެވެ. އެގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަނޑުވެރިއަކު ގޮވާން ކުރުމަށް ޓަކައި އޭނާގެ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ.


އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ ނިމުމުން އެއްވެފައި ތިބި މީހުން އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމާއި މެދު ހައިރާންވިއެވެ.


ކަޕަރުނައުމް ދޫކުރައްވާ ޖުދެއާ ސަރަހައްދަށް ވަޑައިގެން އުރުދުން ކޯރުގެ އަނެއްފަރާތަށް އީސާގެފާނު ވަޑައިގެންނެވި ހިނދު އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް އަނެއްކާވެސް އެއްވެއްޖެއެވެ. އަދި އެހެނިހެން ދަތުރުތަކެކޭ އެއްގޮތަށް އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވިއެވެ.


އެއަށް ފަހު އީސާގެފާނު މި މާނަފުން ވާހަކައިން އެބައިމީހުންނާއި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ. ”⁠އެއްދުވަސްވަރެއްގައި މީހަކު އޭނާގެ ދަނޑުގައި މޭބިސްކަދުރުގެ ވެޔޮތަކެއް ހެއްދުމަށް ފަހު އެ ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި އެވެޔޮތަކުގެ ކައިރީ މޭބިސްކަދުރު ދިޔަފެލައި އަޅާނެ ބޮޑު ވަޅެއް ހެދި. އަދި އެވެޔޮތައް ބެލެހެއްޓުމަށްޓަކައި ބުރުޒެއް ވެސް ބިނާކުރި. އެއަށް ފަހު އެވެޔޮތައް ހެއްދިފައިވީ ދަނޑު، ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު ދަތުރުވަރިއެއްގައި ދަނޑުވެރިޔާ ފުރައިގެން ދިޔަ.


އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމުގައި ވިދާޅުވިއެވެ. ”⁠ދީނުގެ ދަންނަބޭކަލުންނާއިމެދު ފަރުވާތެރިވެ ސަމާލުވޭ. އެބައިމީހުން ލޯބިކުރާނީ އަގުބޮޑު ދިގު ޖުއްބާގައި ބާޒާރު ސަރަހައްދުގައި ހިނގާއިރު މީސްތަކުންގެ ޤަދަރާއި އިޙުތިރާމު ލިބުމަށް.


މިހެން ވުމުން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި މި މާނަފުން ވާހަކަތަކުން މިސާލު ދައްކަވައި މުޚާތަބު ކުރެއްވިއެވެ. ”⁠ޝައިތާނާ އޭނާގެ ރަސްކަމާ ދެކޮޅު ވާނެތަ؟ ނުވާނެ!


”⁠ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރު ހާމަކޮށްދެއްވައިފި. އެހެނަސް ތިޔަބައިމީހުން ނޫން އެހެނިހެން މީސްތަކުންނާއި އަހަރެން މުޚާތަބު ކުރާހިނދު އަންގައިދޭނީ މާނަފުން ވާހަކަތަކުން.


”⁠ކަނުލައި އަޑުއަނހާ! ދަނޑުވެރިއަކު ގޮވާން ކުރުމަށްޓަކައި އޭނާގެ ދަނޑަށް އޮށް އުކަމުން ގެންދިޔަ.


އުއްތަމަ އިމާމު އީސާގެފާނު ކުރެން އެކަލޭގެފާނަށް އީމާންވެގެން ތިބި މީހުންނާއި ބެހޭގޮތުންނާއި، އަދި އެކަލޭގެފާނު އެމީހުންނަށް ކިޔަވައި ދިނީ ކޯނޗެއްތޯ އާއި މެދު އަހާ ސުވާލު ކުރަން ފެއްޓިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ