މަރުކުސް 4:19 - ކިތާބުލް މުޤައްދަސާ19 ނަމަވެސް ދުނިޔަވީ ކަންތައްތަކާ މެދު ކަންބޮޑުވެ، މުއްސަނދިކަމަށް ލޯބިކުރާ މީހުން. އަދި އެފަދަ މީހުންގެ ހިތުގައިވާ ދުނިޔަވީ އެދުންތައް ފުނިޖެހި މާތްރަސްކަލާނގެ ބަސްފުޅުތައް ފިއްތައި ހަފުސް ކޮށް އެ ބަސްފުޅުތަކުން ރަނގަޅު ނަތީޖާއެއް ނެރެވުނަކަ ނުދިން. အခန်းကိုကြည့်ပါ။ |
މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.
ތިޔަބައިމީހުން އީސާގެފާނަށް ލޯބި ފާޅު ކުރުމުގެ ގޮތުން އެއްބައިވަންތަ ގުޅުން ގާއިމު ކުރުމަށް ބާއްވާ ޖާފަތުގެ ތެރޭގައި ކައިބޮއި ހަދާއިރު ރީތި އެއްޗެއްގައި ޖެހިފައިވާ ލައްގަނޑެއްހެން އެމީހުން އެ ރީތި މާހައުލު ޚަރާބު ކުރެއެވެ. އެބައިމީހުން ލަދެއް އަގަލައެއް ނުވާ ބަކަރި ގޮވީންތަކެއް ފަދައެވެ. އެފަދަ މީހުންގެ ބަކަރިތަކަށް ކާން ދޭކަށް ނޫޅޭނެއެވެ. އެމީހުން ބަލާނީ އެމީހުންނަށް ކެވޭތޯއެވެ. އެއީ ވައިރޯޅިއާއެކު ދަތުރުކުރާ ވިލާގަނޑެއް ފަދަ ބަޔެކެވެ. އެޔަކުން ބިމަކަށް ވާރެއެއް ނުވެހެއެވެ. އެމީހުން ޚަރީފު މޫސުމުގެ ފަތްތަކެއް ފަދައެވެ. އެ ފަތްތައް ހުންނަނީ މަރުވެ ހިކިފައެވެ. އެއީ މުލުން ލުހެލެވިފައިވާ މޭވާ ނާޅާ ގަސްތަކެއް ފަދަ ބަޔެކެވެ.