Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:16 - ކިތާބުލް މުޤައްދަސާ

16 އަނެއްބައި މީހުންނީ ހިލަ ބިމުގެ މައްޗަށް އެޅުނު އޮށްތައް ފަދަ ބައެއް. އެމީހުންނަކީ މާތްރަސްކަލާނގެ ބަސްފުޅު އަޑުއިވި އެބަސްފުޅު އުފަލާއެކު ބަލައިގަންނަ މީހުން.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:16
14 ပူးပေါင်းရင်းမြစ်များ  

އޭގެތެރެއިން ބައެއް އޮށްތައް ހިލަބިމުގެ މައްޗަށް އެޅުނު. ފަސްގަނޑު ތިލަކަމުން މި އޮށްތަކުން އަވަހަށް ގަސްފެޅި.


ބައެއް މީހުންނަކީ ހިނގާ މަގުގެ މައްޗަށް އެޅުނު އޮށްތައް ފަދަ ބައެއް. އެމީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަޑުއިވޭ. އެހެނަސް ޝައިތާނާ އެމީހުންގެ ކިބައިން އެބަސްފަޅު އަވަހަށް އަތުލައިގަނޭ.


ނަމަވެސް އެ ބަސްފުޅާމެދު އެބައިމީހުން ފުންކޮށް ނުވިސްނާނެ. އަދި ކުޑަވަގުތުކޮޅަކަށް އެބަސްފުޅު ހިތުގައި ހަރުލާ މީހުން. އަދި މި ބަސްފުޅު ގަބޫލު ކުރުމުގެ ސަބަބުން ދިރިއުޅުމުގެ މުސީބާތާ، އަނިޔާ ކުރިމަތިވެ ދާހިނދު އެބަސްފުޅު ދޫކޮށްލާ މީހުން.


ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.


ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި.


އަގިރިފާ ރަސްގެފާނު ވިދާޅުވިއެވެ. ”⁠ތިޔަހާ އަވަހަށް އަހަރެން މަސީޙީންގެ މީހަކަށް ހެދިދާނެ ކަމަށް ކަލޭ ހީކުރަންތަ؟⁠“


މި ސައިމަން ވެސް އީސާގެފާނު ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އޭނާ އަބަދުވެސް އުޅުނީ ފިލިޕު އާއި ވަރަށް ގާތްކޮށް އޭނާއާއި އެކުގައެވެ. އެއީ ފިލިޕުގެ ކިބައިން ފެންނަމުން ދިޔަ މުޢުޖިޒާތްތަކުގެ ސަބަބުން އޭނާ ހައިރާން ވީތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ