Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:15 - ކިތާބުލް މުޤައްދަސާ

15 ބައެއް މީހުންނަކީ ހިނގާ މަގުގެ މައްޗަށް އެޅުނު އޮށްތައް ފަދަ ބައެއް. އެމީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަޑުއިވޭ. އެހެނަސް ޝައިތާނާ އެމީހުންގެ ކިބައިން އެބަސްފަޅު އަވަހަށް އަތުލައިގަނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:15
28 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


މަގުމައްޗަށް އެޅުނު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ޚަބަރުފުޅު އަޑުއިވުނު މީހުން. ނަމަވެސް އެ ބަސްފުޅުގެ މާނަ އެބައިމީހުންނަކަށް އެނގިގެންނުވި. ވީމާ ޝައިތާނާ އައިސް އެބައިމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅު އަތުލައިގަތް.


ނަމަވެސް އެ ނޯކަރުންގެ ވާހަކަތަކަށް މީސްތަކުން ސަމާލުކަމެއް ނުދީ އެހެން ކަންތައްތައް ކުރުމުގައި އެމީހުންވި. އެއްބަޔަކު އެމީހުންގެ ދަނޑުތަކުގައި މަސައްކަތް ކުރުމަށް ދިޔަ. އަނެއްބަޔަކު، އެބައިމީހުން ވިޔަފާރިކުރާ ތަނުގައި މަސައްކަތް ކުރުމަށް ދިޔަ.


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


ދަނޑުވެރިޔާ އިންދި އޮށްތަކަކީ މާތްރަސްކަލާނގެ ވަޙީ ބަސްފުޅު.


އަނެއްބައި މީހުންނީ ހިލަ ބިމުގެ މައްޗަށް އެޅުނު އޮށްތައް ފަދަ ބައެއް. އެމީހުންނަކީ މާތްރަސްކަލާނގެ ބަސްފުޅު އަޑުއިވި އެބަސްފުޅު އުފަލާއެކު ބަލައިގަންނަ މީހުން.


އޭނާ އޮށްތައް އުކަމުން ދިޔަ އިރު އޭގެ ތެރެއިން ބައެއް އޮށް މީހުން ހިނގާ މަގުމައްޗަށް އެޅުނު. އަދި ދޫނިތައް އައިސް އެ އޮށްތައް ކައި ހުސްކުރި.


ހިނގާ މަގު މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވުނު ނަމަވެސް އިބިލީސް އެމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅުތައް އަތުލުމުން އެމީހުން އެބަސްފުޅުތައް ގަބޫލު ނުކުރުމުގެ ސަބަބުން ދިންނެވުން ނުލިބޭ މީހުންގެ މިސާލު.


ޕައުލް މަރުވެފައިވީ މީހަކު އަލުން ދިރުއްވުނު ވާހަކަ ބުނި އަޑު އެތާނގައި ތިބި މީހުންނަށް އިވުމުން އެތަނުން ބަޔަކު ހޭންފެށިއެވެ. ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠ކަލޭގެ ވާހަކަތައް އަޑު އަހަން އަހަރެމެން އެދެމޭ. ވީމާ އެހެން ދުވަހަކު އަދި އަހަރެމެން ކަލެއާއި ބައްދަލު ކުރަން ބޭނުމޭ.⁠“


ޕަތަރަސް ބުންޏެވެ. ”⁠އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟


މި ބޮޑު ދުޝްމަން ފަރާތް ފައުޅުވެ ޝައިތާނާގެ ފަރާތުން ލިބިފައިވާ ބާރުން އެންމެހާ ބާވަތްތަކުގެ ޙައިރާން ކުރުވާފަދަ ދޮގު މުޢުޖިޒާތްތަކާއި، ނިޝާންތައް ދައްކާނެއެވެ.


އަދި ޢީސޫ ފަދަ ހަމައެއް ނެތް، ކަލެއް ނެތް ވަހުޝީ މީހަކަށް ނުވާށެވެ. ހަމަ އެކަނި އެންމެ ކާއެތިކޮޅަކަށްޓަކައި ދޮށީދަރީގެ ޙައްޤު އޭނާ ދޫކޮށްލިއެވެ.


އެހެންކަމުން އަހަރެމެންނަށް އިއްވެވުނު ބަސްތަކާ މެދު އަހަރެމެން އަދި މާބޮޑަށް ފަރުވާވެ އެ ބަސްފުޅުތަކުގައި ހިފަހައްޓަން ޖެހެއެވެ. އެހެން ނޫނީ އަހަރެމެން އެ ބަސްފުޅުތަކާ ދުރަށް ބެހިގެން ހިނގައިދާނެއެވެ.


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


އެއްހާސް އަހަރު ނިމުމަށް ފަހު، ޝައިތާނާ ހުރަގެއިން މިނިވަން ކުރެވިގެންވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ