ނަތީޖާއެއްގެ ގޮތުން އެތައް ބައިވަރު މީހުންނެއް އެ ގޭދޮށަށް އެއްވުމުން މުޅިތަން ފުރިބާރުވެފައިވިއެވެ. އެންމެ ކުޑަމިނުން މައިދޮރުގެ ކުރިމަތީގައި އެއްވެސް ޖާގައެއް ނެތެވެ. އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށް ވަޢުޡު އިއްވަވައި މާތްކަލާނގެ ބަސްފުޅު މިފަދައިން ވިދާޅުވެ ދެއްވަމުން ގެންދެވިއެވެ.