Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 4:11 - ކިތާބުލް މުޤައްދަސާ

11 ”⁠ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރު ހާމަކޮށްދެއްވައިފި. އެހެނަސް ތިޔަބައިމީހުން ނޫން އެހެނިހެން މީސްތަކުންނާއި އަހަރެން މުޚާތަބު ކުރާހިނދު އަންގައިދޭނީ މާނަފުން ވާހަކަތަކުން.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 4:11
20 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


ނަމަވެސް ތިޔަބައިމީހުންގެ ލޮލުން ދެކި އަދި ކަންފަތުން އަޑުއެހުމުން ތިޔަބައިމީހުންނަށް ބަރަކާތް ލެވިގެންވޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.


މިހެން ވުމުން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި މި މާނަފުން ވާހަކަތަކުން މިސާލު ދައްކަވައި މުޚާތަބު ކުރެއްވިއެވެ. ”⁠ޝައިތާނާ އޭނާގެ ރަސްކަމާ ދެކޮޅު ވާނެތަ؟ ނުވާނެ!


އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އަދި މީސްތަކުންގެ ތެރެއިން އެ ވާހަކަފުޅުތައް އަޑުއެހި ބައެއްމީހުންނާއި އެކުގައި އެކަހެރިވެ ވަޑައިގެންނެވި ވަގުތު އެކަލޭގެފާނުގެ އަރިހުގައި އެ މާނަފުން ވާހަކަތައް ތަފުސީލުކޮށް ދެއްވުމަށް އެބައިމީހުން އެދިވަޑައިގަތެވެ. އެ ހިނދު އީސާގެފާނު ޖަވާބު ދެއްވިއެވެ.


އެބައިމީހުންނަށް މާނަފުން ވާހަކަތަކުން ވަރަށްގިނަ ކަންތައް އުނގަންނައި ދެއްވިއެވެ.


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’⁠އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.⁠‘


މާތްރަސްކަލާނގެ އެކަލާނގެ މަގުސަދުގެ ސިއްރު އަހަރެމެންނަށް ދައްކުވައި ދެއްވައިފިއެވެ. މިއީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތް ވެސް މެއެވެ. އަދި މި ކަންތައްތައް އެކަލާނގެ ރާއްވަވާފައި ވަނީ އަލްމަސީޙު މެދުވެރި ކުރައްވައެވެ.


އީސާގެފާނަށް ތަބާނުވާ މީހުންގެ ތެރޭގައި އުޅެމުން ދާން ވާނީ ޙިކުމަތްތެރިކަމާ އެކުގައެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ފުރިހަމަޔަށް ހިފާށެވެ.


މިފަދައިން ތިޔަބައިމީހުންގެ އަމަލުތައް ބެހެއްޓެމުން އީމާންތެރިކަމުގައިނުވާ ފަރާތްތައް ވެސް ތިޔަބައިމީހުންނާއިމެދު ޤަދަރު ކުރާނެއެވެ. އަދި ތިޔަބައިމީހުންގެ ބޭނުން ތަކާއިމެދު އަނެކުންނަށް ބަރޯސާ ކުރާކަށް ނުޖެހޭނެއެވެ.


މިގޮތުން މިފަދަ ބޮޑުން ވާންޖެހޭނީ، އީމާންވީ މީހުން ފަދައިން އީމާން ނުވާ މީހުންގެ ވެސް އިޙްތިރާމް ލިބިގެންވާ އަދި އެފަދަ މީހަކާއިމެދު އަނެކުންނަށް ފާޑު ކިޔެންނެތް މީހަކަށެވެ. އޭރުން މިފަދަ ބޮޑުން ޝައިތާނާގެ ދަންތުރައިންނާއި މީސްތަކުންގެ ބަދުނާމުތަކުން ދުރުވެގެންވާނެއެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ