މަރުކުސް 4:1 - ކިތާބުލް މުޤައްދަސާ1 ކަނޑުގެ އައްސޭރި ފަށުގައި އީސާގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. އެއްވެފައިވާ މީސްތަކުންގެ އަދަދު ގިނަ ވުމުގެ ސަބަބުން އެކަލޭގެފާނު އެތަނުގައި އޮތް ދޯންޏަކަށް އަރާވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ.
އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ތަނާހެން އެތަނުގައި ހުރި ގަބުރުސްތާނުގެ ތެރެއިން ނުކުމެގެން އައި މީހަކާ އެކަލޭގެފާނާއި ދިމާވިއެވެ. މި މީހާއަށް ޖިންނި އަވަލައިފައި ވުމުން ދިރިއުޅެމުން ގެންދަނީ މަހާނަތަކުގެ ތެރޭގައެވެ. ބިޑިއަޅުވައި ހިލިހިލާ ޖަހައިގެން ވެސް މީސްތަކުންނަށް އޭނާ ހިފެހެއްޓިފައި ނުވެއެވެ.