މަރުކުސް 3:9 - ކިތާބުލް މުޤައްދަސާ9 މީސްތަކުން ގިނަވެ ތޮއްޖެހުނު ހިނދު އެކަލޭގެފާނަށް ދޯނި ތައްޔާރު ކޮށްދެއްވުމަށް އެދި އަސްޙާބީންނަށް ވިދާޅުވިއެވެ. އެއީ މީސްތަކުން އެތަނުގައި ފިތިބާރުވެފައިވުމުން ދުރުގައި ހުންނެވުމަށެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ތަނާހެން އެތަނުގައި ހުރި ގަބުރުސްތާނުގެ ތެރެއިން ނުކުމެގެން އައި މީހަކާ އެކަލޭގެފާނާއި ދިމާވިއެވެ. މި މީހާއަށް ޖިންނި އަވަލައިފައި ވުމުން ދިރިއުޅެމުން ގެންދަނީ މަހާނަތަކުގެ ތެރޭގައެވެ. ބިޑިއަޅުވައި ހިލިހިލާ ޖަހައިގެން ވެސް މީސްތަކުންނަށް އޭނާ ހިފެހެއްޓިފައި ނުވެއެވެ.
އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.
އެކަލޭގެފާނު ވަޑައިގެން އެތަނުން އެއް ދޯންޏަށް އަރައިވަޑައިގެންނެވިއެވެ. އެއީ އެމީހުންގެ ތެރެއިން ޝަމްއޫނުއޭ ނަމަކަށް ކިޔުނު މީހާގެ ދޯންޏެވެ. އީސާގެފާނު ޝަމްއޫނުގެ ކިބައިން ދޯނި އެއްގަމާއި ތަންކޮޅެއް ދުރަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވީ އެދޯނީގައި ހުންނަވައިގެންނެވެ.