މަރުކުސް 3:5 - ކިތާބުލް މުޤައްދަސާ5 އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާގެ އަތް ދަމާލާ.“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު އެމީހުންނާ އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”ސަބަތުގެ ދުވަހެއްގައި އަހަރެމެންގެ ޤާނޫނު ހުއްދަ ކުރަނީ ކޮންކަމެއް ކުރުމަށް؟ އެހީތެރިވެ ދިނުމަށްތަ؟ ނޫނީ އަނިޔާވެރި ވުމަށްތަ؟ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްތަ؟ ނޫނީ އެ ފުރާނައެއް ނެތިކޮށްލުމަށްތަ؟“ ނަމަވެސް އެމީހުން އެއްވެސް އެއްޗެއް ނުބުނެއެވެ.