34 އެކަލޭގެފާނުގެ ވަށައިގެން އިށީނދެ ތިބި އެންމެހާ މީސްތަކުންނާއި ދިމާލަށް ބައްލަވާލައްވާ ވިދާޅުވިއެވެ. ”ބަލާބަލަ! މިތަނުގައި މިތިބީ އަހަރެންގެ މަންމަ އާއި ކޮއްކޮމެން!
އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ބިރު ނުގަނޭ! ގޮސް އަހަރެންގެ އަސްޙާބީންގެ ކައިރީގައި ގަލީލީއަށް ދިއުމަށް ބުނޭ. އަދި އެތަނުގައި އެބައިމީހުންނަށް އަހަރެން ފެންނާނެ.“
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ މަންމައަކީ ކާކު؟ އަދި އަހަރެންގެ ކޮއްކޮމެންނަކީ ކޮންބައެއް؟“
”އަހަރެން ހިފަހައްޓަން ނޫޅޭ!“ އީސާގެފާނު ވިދާޅުވިއެވެ. ”އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.“