31 އެއަށް ފަހު އީސާގެފާނުގެ މަންމާފުޅާއި ކޮއްކޮމެން އެތަނަށް ވަޑައިގަތެވެ. އެބޭފުޅުން އެގޭގެ ބޭރުގައި ތިއްބަވައިގެން އެކަލޭގެފާނަށް އެޚަބަރާއިގެން މީހަކު ފޮނުއްވިއެވެ.
އަދި މީސްތަކުން އެކަލޭގެފާނާއި ދިމާލަށް ”އޭނާ ވަނީ ބުއްދި ފިލައިގެންގޮސްފަ!“ ކަމުގައި ބުނަމުން ގެންދާ ޚަބަރު އެކަލޭގެފާނުގެ އާއިލާއަށް ލިބުމުގެ ސަބަބުން އެމީހުންގެ ބެލުމުގެދަށަށް އެކަލޭގެފާނު ގެންދިއުމަށް މަސައްކަތް ކުރެއްވިއެވެ.
އީސާގެފާނު މިފަދައިން ވިދާޅުވި ސަބަބަކީ މީސްތަކުންގެ ތެރެއިން ބަޔަކު އެކަލޭގެފާނާއި މުޚާތަބުކުރައްވާ އެކަލޭގެފާނަށް ނުބައި ރޫޙެއްގެ ބާރު ލިބިވަޑައިގެންފައިވާ ކަމުގައި ބުނުމުންނެވެ.
އީސާގެފާނުގެ އަރިހުގައި ވަށައިގެން އިށީނދެ ތިބި މީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނުގެ މާންމާފުޅާއި ފިރިހެން ކޮއްކޮމެންނާއި އަދި އަންހެން ކޮއްކޮމެން ބޭރުގައި ތިއްބަވައިގެން ކަލޭގެފާނަށް އެދިލައްވާ.“