30 އީސާގެފާނު މިފަދައިން ވިދާޅުވި ސަބަބަކީ މީސްތަކުންގެ ތެރެއިން ބަޔަކު އެކަލޭގެފާނާއި މުޚާތަބުކުރައްވާ އެކަލޭގެފާނަށް ނުބައި ރޫޙެއްގެ ބާރު ލިބިވަޑައިގެންފައިވާ ކަމުގައި ބުނުމުންނެވެ.
ޖެރޫސަލަމުން އައި ދީނުގެ ދަންނަބޭކަލުން ބުނަމުން ދިޔައެވެ. ”އޭނާއަށް ވަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން ބާރުލިބިފަ! އޭނާ ޖިންނީގެ ބާރުގެ ދަށުގައި ވީ ފަރާތްތައް ރަނގަޅު ކުރަމުން ގެންދަނީ އެބާރުގެ އެހީލިބިގެން.“
ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާ މެދު މުރުތައްދު ވުމަކަށް މަޢާފެއް ނުލިބޭނެ. ސަބަބަކީ އެއީ ނިމުމެއް ނުވާ ފާފައެއް.“
އެއަށް ފަހު އީސާގެފާނުގެ މަންމާފުޅާއި ކޮއްކޮމެން އެތަނަށް ވަޑައިގަތެވެ. އެބޭފުޅުން އެގޭގެ ބޭރުގައި ތިއްބަވައިގެން އެކަލޭގެފާނަށް އެޚަބަރާއިގެން މީހަކު ފޮނުއްވިއެވެ.
އޭގެތެރެއިން އެއްބަޔަކު ބުންޏެވެ. ”އޭނާ އެހެރީ ޖިންނި މޮޔަވެފަ. އެކަހަލަ މީހަކު ދައްކާ ވާހަކަ އަހަރެމެން އަޑުއަހަންވީ ކީއްކުރަން؟“