Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 3:3 - ކިތާބުލް މުޤައްދަސާ

3 އީސާގެފާނު އެ ބަލިމީހާއަށް ވިދާޅުވިއެވެ. ”⁠ތެދުވެ މިތާ ކުރި ކުރިމައްޗަށް އާދޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 3:3
12 ပူးပေါင်းရင်းမြစ်များ  

އެތަނުގައި އެއް އަތް ވާވެފައި ހުރި ފިރިހެނަކު ހުއްޓެވެ. ފަރީސީން އީސާގެފާނުގެ ފަރާތްޕުޅުން ތުހުމަތު ކުރެވޭފަދަ ކަމެއް ފެނޭތޯ ބަލަމުން ދިޔައެވެ. ވީމާ އެބައިމީހުން އީސާގެފާނުގެ އަރިހުގައި މި ސުވާލު ކުރިއެވެ. ”⁠ސަބަތުގެ ދުވަހުގައި މީހެއްގެ ބަލި ފަސޭހަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ތަ؟⁠“


އެތަނުގައި ތިބި ފަރީސީންނާއި ބައެއް އެހެނިހެން މީހުން އީސާގެފާނާމެދު ތުހުމަތު ކުރެވޭފަދަ ކަމަކަށް ބަލަބަލާ ތިބިމެއެވެ. އެގޮތުން، އީސާގެފާނު އެ ފިރިހެނާގެ އަތް ސަބަތުގެ ދުވަހެއްގައި ރަނގަޅު ކޮށްދެއްވާތޯ ވަރަށް ފަރުވާތެރިކަމާއެކު އެމީހުން ބަލަމުން ގެންދިޔައެވެ.


އެއަށް ފަހު އެމީހުންނާ އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ސަބަތުގެ ދުވަހެއްގައި އަހަރެމެންގެ ޤާނޫނު ހުއްދަ ކުރަނީ ކޮންކަމެއް ކުރުމަށް؟ އެހީތެރިވެ ދިނުމަށްތަ؟ ނޫނީ އަނިޔާވެރި ވުމަށްތަ؟ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްތަ؟ ނޫނީ އެ ފުރާނައެއް ނެތިކޮށްލުމަށްތަ؟⁠“ ނަމަވެސް އެމީހުން އެއްވެސް އެއްޗެއް ނުބުނެއެވެ.


އީސާގެފާނު މިބައިމީހުންގެ ޚިޔާލުތައް ދެނެވަޑައިގެން އެ އަތް ވާވެފައިވާ މީހާއަށް ވިދާޅުވިއެވެ. ”⁠ތެދުވެ އެންމެންގެ ކުރިމައްޗަށް އާދޭ!⁠“ ދެން މިމީހާ ތެދުވެ އެންމެންގެ ކުރިމަތީ ހުއްޓިއްޖެއެވެ.


ދުވާލު ވަގުތު އެކަމެއް ކުރަން އެފަރާތަކުން އަހަރެން ފޮނުއްވި ކަންތައް އަހަރެމެން ކޮށް ނިންމަން ޖެހޭނެ. ރޭގަނޑުއެބަ އާދޭ. އޭރަކުން އެކަކަށް ވެސް އެކަންތަކެއް ނުކުރެވޭނެ.


އެހެންވީމާ ބުނަމެވެ. ހިތްވަރު ދެރަނުކޮށް ރަނގަޅަށް ކަންތައް ކުރަމުން ގެންދާށެވެ. އަހަރެމެން ދެގޮތެއް ނުވެތިބެ ކަންތައްކުރުމުން އެކަމުގެ ވަގުތު ޖެހުމުން އަހަރެމެންނަށް އެކަމުގެ ފައިދާ ފެންނާނެ އެވެ.


އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ.


އެހެންވެ އަލްމަސީޙު ޖިސްމާނީ ގޮތުން ވޭން އުފުލެއްވިއެވެ. ތިޔަބައިމީހުން ވެސް އެކަލޭގެފާނު އުފުއްލެވިފަދަ ވޭނެއްގައި ވުމަށް ތައްޔާރުގައި ތިބޭށެވެ. ސަބަބަކީ އެފަދަ ވޭން ދައްކައިދެނީ ތިޔަބައިމީހުން ފާފަތަކުން އެއްކިބާ ވެގެންވާކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ