މަރުކުސް 3:27 - ކިތާބުލް މުޤައްދަސާ27 ބާރު ގަދަ މީހެއްގެ ގެއަށް ވަދެ އޭނާގެ މުދަލެއް ގެންދިއުމަށް މީހަކު އެދޭނަމަ ފުރަތަމަ ޖެހޭނީ އެ ގަދަފަދަ މީހާ ބަންނަން. އޭގެފަހުން އޭނާގެ ގޭގައިހުރި މުދަލާއި ތަކެތި ގެންދެވިދާނެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.
ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.