މަރުކުސް 3:22 - ކިތާބުލް މުޤައްދަސާ22 ޖެރޫސަލަމުން އައި ދީނުގެ ދަންނަބޭކަލުން ބުނަމުން ދިޔައެވެ. ”އޭނާއަށް ވަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން ބާރުލިބިފަ! އޭނާ ޖިންނީގެ ބާރުގެ ދަށުގައި ވީ ފަރާތްތައް ރަނގަޅު ކުރަމުން ގެންދަނީ އެބާރުގެ އެހީލިބިގެން.“ အခန်းကိုကြည့်ပါ။ |
އެއްދުވަހަކު އީސާގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަން ގެއެއްގައި އިންނެވިއެވެ. އެތާނގައި ގަލީލީ އާއި ޖުދެއާ އާއި ޖެރޫސަލަމުގެ ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނޭ ކިޔާ ދީންވެރިންގެ ބަޔަކު ވިއެވެ. މީސްތަކުންގެ ބަލިތައް ފަސޭހަކޮށް ދެއްވުމަށްޓަކައި އޭރު އީސާގެފާނާއިއެކު އެންމެ މަތިވެރި ކަލާނގެ ބާރުފުޅު އެތާނގައި ވިއެވެ.