Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 3:20 - ކިތާބުލް މުޤައްދަސާ

20 އެއަށް ފަހު އީސާގެފާނު އެކަލޭގެފާނު ހުންނަވާ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެ ކަލޭގެފާނު ހުންނެވި ގޭ ދޮށަށް މިފަހަރު ވެސް އެތައް ބައިވަރު މީހުންނެއް އެއްވިއެވެ. މިހެންވުމުން އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ކާނޭ ވަގުތު ލިބިގެން ނުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 3:20
10 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.


އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އީސާގެފާނު ކަޕަރުނައުމް އަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ރަށަށް ވަޑައިގެންނެވި ޚަބަރުފުޅު ފެތުރިގެން ދިޔައެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ.


މީސްތަކުން ގިނަވެ ތޮއްޖެހުނު ހިނދު އެކަލޭގެފާނަށް ދޯނި ތައްޔާރު ކޮށްދެއްވުމަށް އެދި އަސްޙާބީންނަށް ވިދާޅުވިއެވެ. އެއީ މީސްތަކުން އެތަނުގައި ފިތިބާރުވެފައިވުމުން ދުރުގައި ހުންނެވުމަށެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންގެ އަރިހަށް އެތައް ބަޔަކު އައިސް ގޮސް ވުމުގެ ސަބަބުން އެބޭކަލުންނަށް ކާނޭ ފުރުސަތު ލިބިވަޑައިގެން ނުވިއެވެ. މިހެންވުމުން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މިތަން ދޫކޮށް ހިނދު ކޮޅަކަށް ނަމަވެސް ތިޔަބައިމީހުންނަށް އަރާމު ކޮށްލެވޭފަދަ އެކަހެރި ތަނަކަށް ދަމާ ހިނގާ.⁠“


އެއްވެފައިވާ މީސްތަކުން ދޫކޮށް އީސާގެފާނު ގޭ ތެރެއަށް ވަދެވަޑައިގަތެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި އެ ވިދާޅުވި މާނަފުން ބަސްފުޅު ޝަރަޙަ ކޮށްދެއްވުމަށް އެދި ދެންނެވިއެވެ.


އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި އެކު ގެއަށް ވަޑައިގެންނެވިއެވެ. އަދި އަސްޙާބީން އެކަލޭގެފާނާ އެކަހެރިކޮށް ސުވާލު ކުރިއެވެ. ”⁠ކީއްވެގެންތޯ އަޅުގަނޑުމެން އަމުރުކުރުމުން އެ ކުއްޖާގެ ހަށިގަނޑުން ޖިންނި ބޭރުކޮށްނުލެވުނީ؟⁠“


އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނާއިއެކު އުސް ބިމުން ފައިބާވަޑައިގެން ހަމަ ބިމަށް ތިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އިތުރު އެތައް އަސްޙާބީންނެއް ވެސް އެތާނގައި ވިއެވެ. އަދި އޭގެ އިތުރުން ޖުދެއާ ކަރައިންނާއި ޖެރޫސަލަމުންނާއި ދުރު ރަށްތައް ކަމުގައިވާ ޞޫރުންނާއި ޞައިދޫނުން ވެސް އެތައް ބައިވަރު ބަޔަކު އެތަނަށް އެއްވެފައި ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ