Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 3:2 - ކިތާބުލް މުޤައްދަސާ

2 އެތަނުގައި ތިބި ފަރީސީންނާއި ބައެއް އެހެނިހެން މީހުން އީސާގެފާނާމެދު ތުހުމަތު ކުރެވޭފަދަ ކަމަކަށް ބަލަބަލާ ތިބިމެއެވެ. އެގޮތުން، އީސާގެފާނު އެ ފިރިހެނާގެ އަތް ސަބަތުގެ ދުވަހެއްގައި ރަނގަޅު ކޮށްދެއްވާތޯ ވަރަށް ފަރުވާތެރިކަމާއެކު އެމީހުން ބަލަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 3:2
12 ပူးပေါင်းရင်းမြစ်များ  

އެތަނުގައި އެއް އަތް ވާވެފައި ހުރި ފިރިހެނަކު ހުއްޓެވެ. ފަރީސީން އީސާގެފާނުގެ ފަރާތްޕުޅުން ތުހުމަތު ކުރެވޭފަދަ ކަމެއް ފެނޭތޯ ބަލަމުން ދިޔައެވެ. ވީމާ އެބައިމީހުން އީސާގެފާނުގެ އަރިހުގައި މި ސުވާލު ކުރިއެވެ. ”⁠ސަބަތުގެ ދުވަހުގައި މީހެއްގެ ބަލި ފަސޭހަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ތަ؟⁠“


އީސާގެފާނު އެ ބަލިމީހާއަށް ވިދާޅުވިއެވެ. ”⁠ތެދުވެ މިތާ ކުރި ކުރިމައްޗަށް އާދޭ!⁠“


ސަބަތުގެ ދުވަހެއްގައި އީސާގެފާނު ފަރީސީނުގެ ތެރެއިން މަތީ މީހެއްގެ ގެއަށް ކެއުމަށް ވަޑައިގެންނެވިއެވެ. އެމީހުން އެދުވަހު އެކަލޭގެފާނުގެ ކޮންމެ ހަރަކާތްފުޅެއް ވަރަށް ފަރުވާތެރި ކަމާއިއެކު ބަލަން ތިއްބެވެ.


ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ.


ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ތިބީ އީސާގެފާނު ކުށްވެރި ކުރެވޭނެ ކަހަލަ ކަމެއް ފެނޭތޯ ބަލާށެވެ. އަދި ސަބަތުގެ ދުވަހެއްގައި އެކަލޭގެފާނު މިމީހާގެ އަތް ރަނގަޅު ކުރައްވާތޯ ވެސް އެމީހުން ތިބީ ވަރަށް ފަރުވާވެ ބަލާށެވެ.


އެމީހުން އީސާގެފާނާއި މި ސުވާލު ކުރީ އެކަލޭގެފާނު މަޅިއެއްގައި ބައްދާލުމަށެވެ. އެއީ އެކަލޭގެފާނު މިކަމާއި މެދު ވިދާޅުވާ ބަސްފުޅެއް ބަލާފަ އެބަސްފުޅު އެކަލޭގެފާނު ކުށްވެރި ކުރުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް އީސާގެފާނު ގުދުވެ ވަޑައިގެން އިނގިލިފުޅުން ބިންމަތީގައި ލިޔުއްވަން ފެއްޓެވިއެވެ.


އެތާނގައި ތިބި ބައެއް ފަރީސީން ބުންޏެވެ. ”⁠މި އީސާ އަކީ މާތްރަސްކަލާނގެ ފޮނުއްވި މީހެއް ނަމަ އޭނާ ސަބަތުގެ ދުވަހަށް ކަމޭހިތީހެއް ނު؟⁠“ ނަމަވެސް އޭގެ ތެރޭން އަނެއްބަޔަކު ބުންޏެވެ. ”⁠އެކަމަކު ފާފަވެރި ދޮގުވެރިއަކަށް މިފަދަ މަތިވެރި މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“ މިހެން ކަމުން އެމީހުންގެ ދެމެދުގައި މިކަމާދޭތެރޭ ދެބަސްވުން އުފެދުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ