Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 3:17 - ކިތާބުލް މުޤައްދަސާ

17 ޒަބަދީގެ ދެ ފިރިހެން ދަރިން ކަމުގައިވާ ޔާމިޒު އަދި އޭނާގެ ކޮއްކޮ ޔޫޙަންނާއަށް ބުވާ ނަރްޖިސްގެ ނަމުން ނަން ދެއްވިއެވެ. (އޭގެ މާނައަކީ ހޮނު ގުގުރިއެއްފަދަ ފިރިހެނުންނެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 3:17
16 ပူးပေါင်းရင်းမြစ်များ  

ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ.


ދެން ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، އަޅުގަނޑުމެންނަށްޓަކައި ކަލޭގެފާނު ކޮށްދެއްވުމަށް އަޅުގަނޑުމެން އެދޭ ކަމެއް އެބައޮތް.⁠“


އަދި އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒާއި ޔޫޙަންނާ ގެންދެވިއެވެ. އެ ހިނދު އެކަލޭގެފާނު ފުން ހިތާމައާއި ވޭނުން ފުރިގެން ވިއެވެ.


އެކަލޭގެފާނު ހޮއްވެވި ބާރަ މަންދޫބުންނަކީ: ޝަމްއޫނު (ޕަތަރަސްގެ ނަމުން އީސާގެފާނު ނަން ދެއްވީ މީނާ އަށެވެ.)


އަންދުރާއި، ފިލިޕު، ބަރުތުލޫމު، މައްތާ، ތޯމާސް، ހަލްފާހުގެ ދަރި ޔާމިޒު، ތައްދާވުސް އާއި، ދީނާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނަށް ޚިޔާނާތްތެރިވިއެވެ.


ދެން އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒުގެ އިތުރުން ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ފިޔަވައި އިތުރު މީހުން ނުދިޔުމަށް އެދިވަޑައިގަތެވެ.


އޭގެ ހަ ދުވަސް ފަހުން މީސްތަކުންނާއި އެކަހެރިވެ ވަޑައިގަތުމަށްޓަކައި އީސާގެފާނު އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި، ޔާމިޒާއި އަދި ޔޫޙަންނާ ގެންދެވިއެވެ. އެތަނުގައި އެބޭކަލުން ބަލަން ތިއްބާ އީސާގެފާނުގެ ސޫރަފުޅު ބަދަލުވެގެން ދިޔަތަން އެބޭކަލުންނަށް ފެނުނެވެ.


މިކަންތަކާ މެދު އަސްޙާބީން ކަމުގައިވާ ޔޫޙަންނާ އާއި ޔާމިޒު ބުންޏެވެ. ”⁠މާތްސާހިބާ! އަޅުގަނޑުމެން މިމީހުން ނެތިކޮށްލުމަށް އުޑުން އަލިފާން ފޮނުއްވުމަށް އެދެން ތޯ؟⁠“


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.


މި ދުވަސްވަރު ހެރޮދު އަގުރިޕާ ރަސްގެފާނު އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ ބައެއް މީހުންނާއި މެދު ވަރަށް އަނިޔާވެރިކޮށް ކަންކޮށް އެމީހުން ހައްޔަރުކޮށް ހެދިއެވެ.


މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.


އެއަށް ފަހު، އަހަރެންނަށް އެންގެވިއެވެ. ”⁠އަދި އިތުރަށް ގިނަ ޤައުމުތަކަށާއި، ނަސްލުތަކަށާއި ބަހުރުވަތަކާއި ރަސްރަސްކަލުންނާއި މެދު މާތްރަސްކަލާނގެ ދެއްވި ޣައިބުގެ ޚަބަރުފުޅު އިޢުލާންކުރޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ