Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 3:14 - ކިތާބުލް މުޤައްދަސާ

14 އެއަށް ފަހު އެބޭކަލުންގެ ތެރެއިން ބާރަ ބޭކަލުން އެކަލޭގެފާނުގެ މަންދޫބުންގެ ގޮތުގައި ހޮއްވެވިއެވެ. އެއީ އެބޭކަލުން އެކަލޭގެފާނާއި އެކުގައި ވުމަށާއި މީސްތަކުންގެ ކައިރިއަށް އުނގަންނައި ދިނުމަށްޓަކައި އެބޭކަލުން ފޮނުވުމަށް އެކަލޭގެފާނު އެދިވަޑައިގަތުމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 3:14
11 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެކަލޭގެފާނުގެ ބައެއް އަސްޙާބީންނަށް އެކަލޭގެފާނާއި އެކުގައި ފަރުބަދައިގެ މައްޗަށް އަރާވަޑައިގެންނެވުމަށް ވިދާޅުވިއެވެ. އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ.


އަދި ޖިންނި އަވަލާފައިވާ މީހުންގެ ތެރޭން އެ ޖިންނި ފައްސައި ފޮނުވާލުމުގެ ބާރުވެރިކަން އެބޭކަލުންނަށް އެކަލޭގެފާނު ދެއްވިއެވެ.


ބާރަ މަންދޫބުން އެބޭކަލުން ފޮނުއްވި މަސައްކަތް ނިންމެވުމަށް ފަހު އެނބުރިއައިސް އީސާގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި އެބައިމީހުން ކަންތައް ކުރި ގޮތާއި އުނގަންނައިދިން ގޮތުގެ ޚަބަރުން ދެންނެވިއެވެ.


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.⁠“


މިއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕައުލްގެ ފަރާތުން ފޮނުވޭ ސިޓީއެކެވެ. އަހަރެން މި ކަމަށް ހޮވާފައި ވަނީ އިންސާނަކު ނޫނެވެ. އަހަރެން ހޮއްވަވާ ކަނޑައެޅުއްވީ ޚުދު އީސާ އަލްމަސީޙު އާއި އެކަލޭގެފާނު އަވަހާރަވުމަށް ފަހު، އަލުން ދިރުއްވި ބައްޕާފުޅު، މަތިވެރި މާތްރަސްކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ