މަރުކުސް 3:12 - ކިތާބުލް މުޤައްދަސާ12 ނަމަވެސް އީސާގެފާނު އެ ޖިންނިތަކަށް އެކަލޭގެފާނީ ކޮން ބޭކަލެއްކަން ނުބުނުމަށް ހަރުކަށިކަމާއެކު އިންޒާރުދެއްވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.“
މި ކުއްޖާ ކޮންމެ ދުވަހަކު އަހަރެމެންގެ ފަހަތުން މިހެން ގޮވަމުން ގޮސް ހެދިއެވެ. އެންމެ ފަހުން އެއް ދުވަހު ޕައުލް ކުޅަދާނަނުވެގެން އެ ކުއްޖާއާ ދިމާލަށް އެނބުރިފަ އެ ނުބައިރޫޙަށް ބުންޏެވެ. ”ތިކުއްޖާގެ ގައިން ހަމަ މިހާރު ނުކުތުމަށް އީސާ އަލްމަސީޙުގެ ނަންފުޅުގައި އަހަރެން ކަލެއަށް އަމުރުކުރަން.“ ހަމައެވަގުތު އެ ނުބައި ރޫޙު އެކުއްޖާގެ ހަށިގަނޑުގެ ތެރެއިން ނުކުމެއްޖެއެވެ.