7 ”ކުފުރުގެ ބަސްތައް ބުނެ މި ގޮތަށް ގޮންޖަހަން މީ ކާކު؟ ހަމައެކަނި ފާފަފުއްސެވޭނެ ފަރާތަކީ މާތްރަސްކަލާނގެ!“
އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރައިލުމަށް ފަހު ބުންޏެވެ. ”އޭނާ ބުނަމުން އެ ދަނީ ކުފުރުގެ ބަސްތައް! މިކަމުގައި އިތުރު ހެއްކެއް އަހަރެމެން ބޭނުމެއް ނުވޭ. އޭނާ ބުނި އެއްޗެއްގެ އަޑު ތިޔަބައިމީހުންނަށް ވެސް އިވިއްޖެއެއްނު.
އެ ހިނދު އެތަނުގައި ތިބި ބައެއް ދީނުގެ ދަންނަބޭކަލުން އެބައިމީހުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”މި މިހާ ކުފުރުވެއްޖެ! އޭނާ ވާހަކަ ދައްކަމުން އެ ގެންދަނީ ކަލާނގެ ކަމަށް ދެކިގެނެއް ނޫންތަ؟“
އޭނާގެ ކުފުރުގެ ބަސްތައް ތިޔަބައިމީހުންނަށް އަޑު އިވިއްޖެ. ތިޔަބައިމީހުންގެ ނިންމުމަކީ ކޮބާ؟“ އެ ހުރިހާ އެންމެން އެކަލޭގެފާނު ކުށްވެރިކޮށް މަރު ޙައްޤު ވެއްޖެ ކަމަށް ނިންމައިފިއެވެ.
އެތަނުގައި އިށީނދެ ތިބި ދީނުގެ ބައެއް ދަންނަބޭކަލުންގެ ހިތަށް އެރިއެވެ.
އީސާގެފާނަށް އެބައިމީހުންގެ ހިތަށް އެރި އެއްޗެހި ވަގުތުން އެނގިވަޑައިގަނެ އެމީހުންނާއި ދިމާލަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”މިކަމާމެދު ތިޔަހެން ވިސްނަނީ ކީއްވެ؟
އެތާތިބި ދީނުގެ ދަންނަބޭކަލުންނާއި ފަރީސީނުގެ ހިތަށްއެރިއެވެ. ”ކުފުރުވެރި ބަސްތައް ބުނާ މިމީހަކީ މީކާކު؟ މާތްރަސްކަލާނގެ ފިޔަވާ ފާފަ ފުއްސެވޭނެ ފަރާތަކީ ކޮބާ؟“
އެގޭގައި ވީ އެހެން މެހުމާނުން މިތަން ދެކެ ބުންޏެވެ. ”މިއީ މީހުންގެ ފާފަތައް ވެސް ފުއްސަވާ ދެވޭ ވަރުގެ މީހެއް، އަނެއްކާ މިއީ ކާކުބާ؟“
”އަހަރެމެން ކަލޭ މަރާލަން މި އުޅެނީ ކަލޭ ކުރި ހެޔޮ ކަމަކާ ހެދިއެއް ނޫން. އެއީ ކަލޭ ކުފުރުގެ ބަސްތައް ބުނީތީ! ކަލޭ ތީ ހަމަ އިންސާނެއް. އެކަމަކު ކަލޭ ތިޔަ އުޅެނީ ކަލާނގެ ކަމަށް ހެދެން!“
އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟