Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 2:28 - ކިތާބުލް މުޤައްދަސާ

28 އެހެންވީމާ، އިންސާނާގެ ދަރިކަލުންނަކީ ސަބަތުގެ ވެސް ވެރިސާހިބާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 2:28
13 ပူးပေါင်းရင်းမြစ်များ  

އެހެނީ އިންސާނާގެ ދަރިކަލުންނަކީ ސަބަތުގެ ދުވަހުގެ ވެސް ވެރިސާހިބާ.⁠“


އަދި އީސާގެފާނު މިފަދައިން ވާހަކަފުޅު ފުރިހަމަ ކުރެއްވިއެވެ. ”⁠ސަބަތު ވަނީ އިންސާނުންނަށްޓަކައި. އިންސާނުން ވަނީ ސަބަތަށްޓަކައެއް ނޫން.


އެހެން ދުވަހެއްގައި އީސާގެފާނު ދީނީ މަރުކަޒަށް ވަދެވަޑައިގެންނެވިއެވެ. އެދުވަހު އެއް އަތް ވާވެފައިވާ ފިރިހެނަކު އެތަނުގައި ހުއްޓެވެ.


އެއަށް ފަހު އެމީހުންނާ އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ސަބަތުގެ ދުވަހެއްގައި އަހަރެމެންގެ ޤާނޫނު ހުއްދަ ކުރަނީ ކޮންކަމެއް ކުރުމަށް؟ އެހީތެރިވެ ދިނުމަށްތަ؟ ނޫނީ އަނިޔާވެރި ވުމަށްތަ؟ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްތަ؟ ނޫނީ އެ ފުރާނައެއް ނެތިކޮށްލުމަށްތަ؟⁠“ ނަމަވެސް އެމީހުން އެއްވެސް އެއްޗެއް ނުބުނެއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނަކީ ސަބަތުގެ ވެސް ވެރިސާހިބާ.⁠“


ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު ވެސް މަސައްކަތް ކުރެއްވުން ހުއްޓައެއް ނުލައްވާ. އެހެންވީމާ އަހަރެން ވެސް މަސައްކަތް ހުއްޓައެއް ނުލާނަން.⁠“


އީސާގެފާނު ކިސަޑުކޮޅު އެއްކުރެއްވައި އެމީހާގެ ލޯ ފަސޭހަކޮށްދެއްވި ދުވަސްވީ ސަބަތުގެ ދުވަހަކަށެވެ.


އެތާނގައި ތިބި ބައެއް ފަރީސީން ބުންޏެވެ. ”⁠މި އީސާ އަކީ މާތްރަސްކަލާނގެ ފޮނުއްވި މީހެއް ނަމަ އޭނާ ސަބަތުގެ ދުވަހަށް ކަމޭހިތީހެއް ނު؟⁠“ ނަމަވެސް އޭގެ ތެރޭން އަނެއްބަޔަކު ބުންޏެވެ. ”⁠އެކަމަކު ފާފަވެރި ދޮގުވެރިއަކަށް މިފަދަ މަތިވެރި މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“ މިހެން ކަމުން އެމީހުންގެ ދެމެދުގައި މިކަމާދޭތެރޭ ދެބަސްވުން އުފެދުނެވެ.


އަދި އަލްމަސީޙުގެ ބާރުގެދަށަށް އެންމެހާ ތަކެތި މާތްރަސްކަލާނގެ ލެއްވިއެވެ. ހަމައެހެންމެ މަސީޙީ ޖަމާޢަތަށް ފައިދާ ކުރުވަނިވި އެންމެހާ ކަންތައް ކުރުމުގެ ބާރުތައް ވެސް އެކަލާނގެ ވަނީ އެކަލޭގެފާނަށް ދެއްވާފައެވެ.


މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ