Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 2:17 - ކިތާބުލް މުޤައްދަސާ

17 އީސާގެފާނަށް މިއަޑު އިވި ވަޑައިގެން އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުން ވާނީ ބަލިމީހުންނަށް. އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އެހެނަސް ފާފަވެރިންނަށް ގޮވާލުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 2:17
21 ပူးပေါင်းရင်းမြစ်များ  

”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


ފަހެ އީސާގެފާނު ވިދާޅުވިއެވެ. ”⁠މީސްތަކުންގެ ތެރެއިން އެންމެ ފާފަވެރިއަކުމެ ފާފައިން ދުރުވެ އެކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންކުރަން ފަށައިފި ހިނދު މާތްރަސްކަލާނގެ މަލާއިކަތުން ވެސް ހަމަ މިފަދައިން އުފާވެރި ވާނެ.⁠“


ނަމަވެސް މި ދޮށީ ދަރިފުޅު އޭނާގެ ބައްޕައަށް ބުނި. ’⁠މި ހުރިހާ އަހަރު އަހަރެން ބައްޕަގެ ދަނޑުތަކުގައި އަޅަކު ފަދައިން މަސައްކަތް ކުރިމޭ. އަދި ދުވަހަކު ވެސް ނުކިޔަމަންތެރިއެއް ނުވަމޭ. ނަމަވެސް އަހަރެންގެ ރައްޓެހީންނާއި އެކު މަޖާ ކޮށްލާ ޕާޓީއެއް ބާއްވާލަން ޅަ ބަކަރިއެއްގެ މިންވަރު ވެސް ބައްޕަ ނުދޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިބުނި ފަދައިން ތިމާއަކީ ތައުބާ ވާން ނުޖެހޭ ދަރުމަވެރި މީހުން ކަމުގައި ދެކޭ ނުވަދިހަނުވަ މީހުންގެ މައްޗަށް ސުވަރުގޭގައި ފާޅު ކުރެވޭ އުފަލަށް ވުރެ ފާފަވެރިންގެ ތެރެއިން ތައުބާވާ އެންމެ މީހަކަށްޓަކައި ސުވަރުގޭގައި ފާޅު ކުރެވޭ އުފާ މާ ބޮޑުވާނެ.⁠“


ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީ ވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.⁠“


އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“


ފަރީސީން އެމީހާއަށް ބުންޏެވެ. ”⁠ކަލެއަކީ އުފަންވީ އިރު ވެސް ފާފައިން ފުރިފައި ހުރި މީހެއް. ކަލޭ ތިޔަ އުޅެނީ އަހަރެމެންނަށް ވެސް ކިޔަވައިދޭންތަ؟⁠“ މިހެން ބުނެ އެމީހާ އެ މަރުކަޒުން ނެރެ ބޭރުކޮށްލައިފިއެވެ.


އީސާގެފާނު މިހެން ވިދާޅުވިއިރު އެކަލޭގެފާނާއި ކައިރީގައި ތިބި ބައެއް ފަރީސީންނަށް މި އަޑު އިވިގެން ބުންޏެވެ. ”⁠އެހެންވިއްޔާ ތިޔަ ބުނަނީ އަހަރެމެންނަކީ ވެސް ލޯ އަނދިރި މީހުންނޭ ތަ؟⁠“


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


އަޅުގަނޑު މި ކަންތަކުގެ ޚަބަރު ފުރަތަމަ ދިނީ ދިމިޝްޤުގެ މީހުންނަށް. ދެން އެއަށް ފަހު އަޅުގަނޑު ދިޔައީ ޖެރޫސަލަމަށާ އަދި މުޅި ޖުދެއާ ކަރާގެތެރެއަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. އަޅުގަނޑު އެމީހުން ގާތުގާ ބުނީ ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމަށް، އަދި އެމީހުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަން އެމީހުން ކުރާ ހުރިހާ އަމަލުތަކަކުން ވެސް ދެއްކުމަށް.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ